English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހިދުމަތްތައް ފުޅާ ކުރުމަށް ޖަޕާނު ސަރުކާރާއެކު 4.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން އިތުރު ދާއިރާތަކުންވެސް އެހީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، އޭޑީބީ އެކު 10 މިލިއަން ޑޮލަރު އަދި އީޔޫއާއެކު ފަސް މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

“އިކޮނޮމިކް އެންޑް ސޯޝަލް ޑެވެލޮޕްމަންޓް” ޕްރޮގްރާމުގެ ދަށުން އެމްއެންޑީއެފަށް އަލިފާން ނިއްވާ ބޯޓަކާއި ލޭންޑިން ކްރާފްޓެއް ހޯދުމަށް ހިލޭ އެހީ ދިނުމުގެ ގޮތުންވި މި އެއްބަސްވުމުގައި ސޮއި ކުރެއްވީި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކީކޯ ޔަނައިއެވެ.
ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ބުނީ މި އެއްބަސްވުމުގެ ސަބަބުން އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ ދިފާއީ ބާރުތަކުގެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށެވެ.

އިއްޔެއާއި މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ވަނީ އެހީ ހޯދުމަށް އެތައް މިލިއަން ޑޮލަރެއްގެ މުހިއްމު ޕްރޮޖެކްޓްތަކެއް ހުށަހަޅާފައި ވެއެވެ.