އަވަށްޓެރި އިންޑިޔާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޗެންނާއީ ފެނަށް ޖެހިފައި އޮންނަތާ ހަފްތާއެއް ވެއްޖެއެވެ.
ފެން ލިބުން ދަތިވުމާއި ގުޅިގެން ގިނަ އަދަދެއްގެ ރެސްޓޯރެންޓް ތައްވެސް ބަންދުކޮށްފައިވާއިރު އެ ސިޓީގެ ރައްޔިތުން ފެން ހޯދުމަށްޓަކައި ސަރުކާރުގެ ތާންގީތައް ކައިރީ އެތައް ގަޑިއިރެއް ވަންދެން ތިބެން ޖެހެއެވެ.
ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި މީހަކު ބުނީ ޗެންނާއީއަށް ދިމާވެފައިވާ ކާރިސާއިން ސަލާމަތް ވެވެން އޮތީ ވިއްސާރަ ވެހުމުން އެކަނި ކަމަށެވެ.
ޗެންނާއީ ފެނަށް ޖެހިފައި މިވަނީ ވާރޭ ނުވެހޭތާ ގިނަދުވަސް ވުމުގެ ސަބަބުންނެވެ. ޗެންނާއީ އަކީ އާބާދީ ބޮޑު ސިޓީއެކެވެ. 2011 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން ޗެންނާއީ އަކީ އިންޑިއާގައި ހަތްވަނަ އަަށް އާބާދީ އެންމެ ބޮޑު ސިޓީ އެވެ.
ފެން ލިބުން ދަތިވުމާއި ގުޅިގެން ޗެންނާއީގައި މިހާރުވަނީ ހަމަނުޖެހުންވެސް ހިނގަން ފަށައިފައެވެ. މިގޮތުން މިދިޔަ ހަފްތާގައިވެސް ފުލުހުންވަނީ ފެންބެހުމުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ހައްޔަރު ކޮށްފައެވެ.