English Edition
Dhivehi Edition

އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ފޭދޫން ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނެކާއި 40 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން16 ޖޫން ވަނަ ދުވަހުގެ 21:40 ހާއިރު ހިންގި އޮޕަރޭޝަނުގައި އެރަށު ފަޅުގެއެއްގެ ތެރެއިންނެވެ.

މިއޮޕަރޭޝަންގައި، މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ރަބަރު ޕެކެޓުވަނީ ފެނިފައެވެ.

މި މައްސަލަ މިހާރު އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.