English Edition
Dhivehi Edition

އާންމުކޮށް މޮޑެލް ކުރާކުދިންގެ އިސްކޮޅުގައި ހުންނަނީ 5ފޫޓް 8 އިންޗި  ނޫނީ 5ފޫޓް 11 އިންޗިއެވެ. އެހެން ނަމަވެސް ދުނިޔޭގެ ހުރި އެންމެ ދިގު މޮޑެލްގެ ލަގަބް ލިބިފައިވަނީ ރަޝިއާގެ މޮޑެލް އަކަށެވެ.

އެކަޓެރިނާ ލިސިނާ 30އ އަކީ ރަޝިއާއަށް އުފަން މޮޑެލްއެކެވެ. އޭނަގެ އިސްކޮޅަކީ 6ފޫޓް 9 އިންޗިއެވެ. މިހާރު ދުނިޔޭގެ ރިކޯޑް ފޮތުން އެންމެ ދިގު މޮޑެލްގެ ޖާގަވެސް ހޯދާފައިވާ އެކަޓެރިނާ ގެ މުޅިއާއިލާގައިވެސް ތިބެނީ އާދަޔާ ހިލާފަށް ދިގުމީހުންނެވެ.

ރާޝިއާގެ ވެސް އެންމެ ދިގުމީހާގެ މާގާމު ލިބިފައިވާ އެކަޓެރިނާ ބުނީ އެންމެ ފައިދިގު މީހާގެ ލަގަބްވެސް އޭނައަށް ހައްގުކަމަށް ދެކޭކަމަށެވެ. އޭނަގެ ފައިގެ ދިގުމިނަކީ 52.4 އިނޗިކަމަށް ވެއެވެ. “އަހަރެން މޮޑެލް ކުރމުގެ އިތުރުން އެހާގިނައިން ބޭރަށް ގޮސްނަހަދަން. ވަރަށް ގިނަ ނުދަންނަ މީހުން އާދޭ އަހަންނާ އެއްކޮށް ސެލްފީނަގަން އެހެންވީމާ ވަރަށް އުނދަގޫވޭ މަގުމަތީގައި ހިނގާފައި އުޅެން” އެކަޓެރިނާ ބުންޏެވެ.

“އަހަރެން މޮޑެލް ކުރަންބޭނުންވީ އުމުރުން 16އަހަރުން ފެށިގެން . އެހެން ނަމަވެސް ކެރިއާ ފެށީ ބާސްކެޓް ބޯޅަ އިގެ ދާއިރާއިން އެހެން ނަމަވެސް މިހާރު މޮޑެލް ކުރަމުން މިދަނީ” އެކަޓެރިނާ އިންޓަވިއުއެއްގައި ބުންޏެވެ.

އިސްކޮޅުން ކިތަންމެ ދިގުނަމަވެސް ދިރިއުޅުމުގައި އެއްވެސް އުނދަގުލެއްނުވާ ކަމަށް ބުނެ އެކަޓެރިނާ ބުނީ އޭނާ އޭނަގެ އިސްކޮޅާމެދު ހިތްހަމަ ޖެހޭކަމަށެވެ.

 

 

ޓެގު