English Edition
Dhivehi Edition
ކަރީމާ ބެނޫން އަށް ހުޅުމީދޫ އިން މަރުހަބާ ދެއްނެވުން-- ފޮޓޯ: ލުބްނާ އޭއޯ ނިއުސް

އދ. ގެ ސަގާފީ ހައްގުތަކާ ބެހޭ ހާއްސަ ރެޕޯޓާރ (ޔޫ.އެން.އެޗް.އާރު) ކަރީމާ ބެނޫން މީދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ކަރީމާބެނޫން މީދޫއަށް ޒިޔާރަތް ކުރެއްވީ އިއްޔެ މެންދުރު 2:15ހާއިރުއެވެ.ކަރީމާގެ މިދަތުރުފުޅުގައި މަރުހަަބާދެއްނެވުމުގެ ގޮތުން ޝަރީފީ ޕްރީސްކޫލްގެ 3 ދަރިވަރުން ވަނީ އެކަމަނާއަށް މާބޮޑި އަރުވާފައެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ މީދޫގެ އަމިއްލަ ޖަމިއްޔާތަކުގެ މެމްބަރުން އަދި މީދޫގެ ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން މަސަައްކަތް ކުރާ ރައްޔިތުންނާ ބައްދަކުރައްވާފައެވެ. މިބައްދަލުވުމުގައި އެކަމަނާ ވަނީ ޖަމިއްޔާތައް ހިންގާ ފަރާތްތަކާއި، އެބޭފުޅުން ޖަމިއްޔާތައް ހިންގަން ކުރައްވާ މަސައްކަތާއި އަދި ޖަމިއްޔާ ހިންގަން ދިމާވާ ބައެއް ގޮންޖެހުން ތަކާމެދު ސުވާލުކޮށްފައެވެ.

މީދޫގެ ޖަމިއްޔާތަކާއި ކާޑުގޭގައި ބައްދަލުކުރެއްވުމަށްފަހު އެކަމަނާވަނީ ކާޑޫގޭގައި ބަހައްޓާފައި ހުރި އާސާރީ ތަކެތި ބައްލާވާފައެވެ.އެއަށްފަހު އެކަމަނާ ޒިޔާތަރް ކުރެއްވީ ކޯގަންނު ގަބުރުސްތާނު، ރާފަޅާބީޗް އަދި ދެބަޑި ދޭތެރެބެއްލެވުމަށެވެ. ހުރިހާ ތަނަކަށް ޒިޔާރަތް ކުރައްވައި ނުމުމުން، އެކަމަނާއަށް ސައިފޮދު އެރުއްވީ އީދުގަމޫލު ބީޗްގައެވެ.

މިބައްދަލުވުމުގައި މީދޫގެ ޖަމިއްޔާތައް ކަމަށްވާ، ނަލަފެހި ޖަމިއްޔާ، މުލިމަތި ޔުނައިޓެޑް ، މީދޫއެކުވެރިންގެ ޗޭނު، މަތިކިޅި އެކޯގާޑަންއަދި ކޯގަންނު ސާފުކޮށް ބަލަހައްޓަމުންދާ ކަނބަލުން ބައިވެރިވިއެވެ.