English Edition
Dhivehi Edition

މިއަހަރުގެ ބަޖެޓުން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ޖަމާކޮށްދީފިއެވެ.

ފިނޭންސް މިނިސްޓްރީން ޕީޕީއެމަށް ދޭންޖެހޭ 9.2 މިލިއަން ރުފިޔާއަށް އެޕާޓީއަށް ޖަމާކޮށްދިނީ އިލެކްޝަނުން އެކަމަށް އެދުނުތާ 3 ދުވަހުގެ ތެރޭގައިކަމަށް ފައިނޭންސް އިންވަނީ ބުނެފައެވެ.

މިމަދިޔަ މަހުގެ 16 ވަނަ ދުވަހު އީސީ އިން ފައިސާ ދޫކުރަން އެދުނު ޕާޓީތަކުގެ ތެރޭގައި ޕީޕީއެމް ހިމެނިފައިނުވާއިރު ފަހުން އީސީ އިންވަނީ ޕީޕީއެމްއަށްވެސް ފައިސާ ޖަމާކޮށްދިމުނަމަށް އެދިފައެވެ.

ޕާޓީތަކަށް ފައިސާ ދޫކުރިއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން ޕީޕީއެމް ޖޫރިމަނާ ކޮށްފައިވާއިރު އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން މި ދެޕާޓީއަށް ފައިސާ ޖަމާކޮށްދީފައިވަނީ މި ޢަދަދު އުނިކުރުމަށްފަހުއެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ.އެ އަދަދު ހަމަވެގެން ޕީޕީއެމްގެ އިތުރުން ތިން ޕާޓީއަކަށް ވަނީ ފައިސާދޫކޮށްފައެވެ. ފައިސާ ދޫކޮށްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް 12.7 މިލިއަން، ޖުމްހޫރީ ޕާޓީ އަށް 2.05 މިލިއަން އަދި އެމްޑީއޭ އަށް 2.03 މިލިއަން ރުފިޔާ އެވެ.

ޓެގު