English Edition
Dhivehi Edition

އައިޖީއެމް އެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދުމުގެ އަސަރުކުރުމުން ބަލިމީހުން އެހެން ސަރަހައްދަކަށް ބަދަލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީިމިއަދު ހެނދުނު ރޯވީ އައިޖީއެމްއެޗްގެ ކުރީގެ އިމާރާތުގައި ހުރި ބެޓެރިސެޓެއްގައި ކަމަށެވެ.

އަލިފާނުގެހާދިސާއެއްހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުމުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން އެތަނަށް ގޮސް އަލިފާންގަނޑުމިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާގައި އެއްވެސް ބަލިމީހަކަށް އަނިޔާއެއްނުވެއެވެ.

އެހެން ނަމަވެސް މިހާރު ރޯވެ ދުމުގެ އަސަރު ކުރުމުން ބަލިމީހުން ވަނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.