އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
3 މަސް ކުރިން
ޝާން މުޙައްމަދު

އެސްޓީއޯ އިން ވިދާޅުވީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ހެޔޮ ވާނެ ކަމަށާއި، އެހެންކަމުން އެސްޓޯއޯގެ ފިއުލް ސްޓޭޝަން ތަކުން ތެޔޮ ވިއްކާނީ ޑިސަލް ލީޓަރެއް 11.19ރ އަދި ޕެޓްރޯލް ލީޓަރެއް 11.13ރ އަށް ކަމަށެވެ.

އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގަށް ގެނައި ބަދަލު:

Advt

Advertisement

ޕެޓްރޯލް (ލީޓަރެއް)
ކުރިން ލިބޭ އަގު: 11.39 ރުފިޔާ
ހެޔޮކުރި އަދަދު: 0.26 ރުފިޔާ
މިހާރު ލިބޭ އަގު: 11.13 ރުފިޔާ
ޑިސަލް (ލީޓަރެއް)
ކުރިން ލިބޭ އަގު: 11.97 ރުފިޔާ
ހެޔޮކުރި އަދަދު: 0.78 ރުފިޔާ
މިހާރު ލިބޭ އަގު: 11.19 ރުފިޔާ

މިއީ މިއަހަރު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި ތިންވަނަ ފަހަރަށް ވާއިރު އެންމެ ފަހުން އެކުންފުނިން ތެލުގެ އަގު ހެޔޮކޮށްފައިވަނީ ނިމިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.