1000 ރުއް އިންދުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ފަށައިފި
3 މަސް ކުރިން
އާމިނަތު ޚާލިސާ

އައްޑޫ ސިޓީ ކައުންސިލުން އިސް ނަގައިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އައްޑޫ ސިޓީގައި 1000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު އައްޑޫ ސިޓީ ނޭޗަރ ޕާކްގައި މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައްޑީ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ދާދި ފަހުން އައްޑޫސިޓީ ސްކެއާ ތަރައްޤީ ކުރުމަށް ގިނަ އަދެދެއްގެ ރުއް ނަގާފައި ވުމާއެކު އޭގެ ބަދަލުގައި އާ ރުއްތަކެއް އިންދުން ކަމަށެވެ.

Advt

Advertisement

އައްޑޫ ސިޓީގެ ހުރިހާ އަވަށެށްގައި މިއަދު ރުއް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު ކައުންސިލުން ބުނީ މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ ރަށްރަށުގެ މުައައްސަސާތަކާއި ޖަމިއްޔާޖަމާއަތްތަކާއި ގުޅިގެން ކަމަށެވެ. މި ހަރަކާތުގައި އައްޑޫ ސިޓީ ސްކޫލްތަކުގެ ދަރިވަރުންވެސްވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގެ ދަށުން ހިތަދޫގައި އެކަނިވެސް 450 ރުއް އިންދުމަށް ހަމަޖެހިފައިވާއިރު ކައުންސިލުން ބުނީ މި ޕްރޮގްރާމުގެ ދަށުން މި މަސް ނިމުމުގެ ކުރިން 1000 ރުއް އިންދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.