ސަރުކާރުގެ ދުވެލީގައި މައްސަލައެއް ނެތް: މަހްލޫފް
3 މަސް ކުރިން
އާމިނަތު ޚާލިސާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފުރަތަމަ 100 ދުވަހަށް ވެ ވަޑައިގެންނެވި ވައުދުފުޅުގެން%93 ފުރިހަމަ ކުރައްވާފައިވާކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ‘ރާއްޖެ އެމްވީ’ގައި ލިޔެފައިވާ ހަބަރެއް ޓުވިޓްކުރައްވަމުންނެވެ. ‘މަޑު ދުވެލި ދޫކޮށް، ސަރުކާރުގެ ގިޔަރު މަތިކޮށްލަންޖެހޭ’ މި ސުރީހީގެ ދަށުން ލިޔެފައިވާ ރިޕޯޓް ޝެއާރކުރައްވާ މަހްލޫފް ވިދާޅުވީ  ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދަނީ ރަނގަޅު ދުވެލީގައި ކަމަށެވެ.

Advt

Advertisement

މަހްލޫފް ވިދާޅުވީ 100 ދުވަހުގެ ވައުދުތަކުގެ އިތުރުން ދެން ހުރި ވައުދުތަކަކީ ފަސް އަހަރު ދުވަހުން ކުރުމަށް ވައުދުވެ ވަޑައިގެންފައިވާކަންކަންކަމުގައެވެ. “އެކަންކަން އެގެންދަވަނީ ރާއްވަމުން. އިރާދަކުރެއްވިއްޔާ އެ ކަންކަން ވާނެ. “މަހްލޫފް ވިދާޅުވިއެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ ޖުމްލަކޮށް ދުވެލީގެ މައްސަލައެއް ނޫޅޭކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މުއްދަތަށް 83 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ.