English Edition
Dhivehi Edition

ދައުލަތުން ގެއްލިފައި ހުރި ފައިސާތައް ހޯދަން ރައްޔިތުން ބޭނުންވާކަމަށާއި ރައްޔިތުންގެ އުންމީދުތައް ވަނީ ޖުޑިޝަރީއާ ގުޅިފައި ކަމަށް މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު އާޒިމް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ނުލިބި ހުރި ކަންތައްތައް މަދު ނޫންކަމަށާއި ރައްޔަތުންގެ މަޖިލީހުން އެންމެ ބޮޑު އިސްކަމެއްދޭނީ އާދައިގެ ރައްޔިތުންނަށް އިންސާފު ހޯދަދިނުމަށް ކުރާ މަސައްކަތްތަކަށް ކަމަށެވެ. އަދި އިންސާފު ހޯދައިދޭން މަސައްކަތް ކުރަނީ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެކަނި ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

ޖުޑިޝަރީ އިން ރައްޔިތުން ބިކަ ކޮށްފައިވާފާކަމަށް ބުނެ އެ މުއައްސަސާއަށް އާޒިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ފަނޑިޔާރުގެ ތަކަށް މާ މޮޅު ވަކީލުން ގެންނަން ނުޖެހޭ ކަމަށާއި ގިނަ ފައިސާ ހިފައިގެންދާ މީހާގެ ކޮޅު މޮޅުވާތަން ފެންނަމުންދާ ކަމަށެވެ. އަދި  ނިކަމެތި ރައްޔަތުން ވަރަށް ބޮޑަށް ޖުޑިޝަރީގެ ތެރޭގައި ނިކަމެތިވެފައިވާކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާޒިމްވަނީ ނިމިދިޔަ ޔާމީން އަބްދުލްޤައްޔޫމްގެ  ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން އާޒިމް ވިދާޅުވީ ނިމިދިޔަ 5 އަހަރު ރާއްޖެ 80 އަހަރު ފަހަތަށް ގެންގޮސްފައިވާ ކަމަށެވެ