English Edition
Dhivehi Edition
ޗެންނާއީގައި ދެމީހަކަށް ހަމަލާދީ ޖިންސީ ގުނަވަން ބުރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރިމީހާ

އެއްޖިންސުން ގުޅުން ނުހިންގުމުން ދެމީހެއްގެ ޖިންސީގުނަވަން ވަޅިއަކުން ކެނޑި މީހަކު އިންޑިއާ ގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ރައްޔިތެއްކަމަށްވާ އުމުރުން 35އަހަރުގެ، މިނިޔަސަމީ ކިޔާމީހަކު މިދިޔަ މޭއިމަހު 28ވަނަދުވަހު ރާބޮއެގެން މަގުމަތިން ހިނގާފައި ދިޔަ މީހަކާ ގަދަކަމުން ބެހެން އުޅުމުން އޭނަ އެކަމާއިންކާރު ކުރުމުން ވަނީ ޖިންސީގުނަވަން ބުރިކޮށްލާފައެވެ. މިހާދިސާގައި އޭނާ ހޭނެތިފައި މަގުމަތީގައި އޮތްވާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާކަމާށް “ޓީއޯއައި” ގައި ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާގެ ޗެންނާއީ ސިޓީގައި މޭއި28 ގައި ހިނގި މިހާދިސާއަށްފަހު ކުށްކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ނުވަނީސް ހަމަ އެއަވަށުން މިމަހު އެއްވަނަދުވަހު ވެސް ހަމަ މިފަދަ ހަމަލާއެއް މީހަކަށް ދީގެން ފުލުހުން ސީސީޓީވީ ކެމެރާ އިން ބަލައި ކުށްކުރި މީހާ މިހާރު ވަނީ އަތުލައިގެންފައެވެ.

މިމަހު 1ވަނަ ދުވަހު މިނިޔަސަމީ ހަމަލާ ދިންމީހާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ މަސްތުގެ ހާލަތުގައި ވަނިކޮށް މިނިޔަސަމީ ވަނީ އޭނައާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅެފައިވާކަމަށެވެ. އަދި އެކަމާ އިންކާރު ކުރުމުން އޭނަގެ ޖިންސީ ގުނަވަން ވަނީ ބުރިކޮށްލާފައެވެ.

އަސްލަމް ނަމަކަށް ކިޔާ މިމީހާ ހޭނެތިގެން މަގުމައްޗަށް ވެއްޓިފައިވަނިކޮށް ބަޔަކު ހޮސްޕިޓަލަށްގެންގޮސް މިހާރު ދަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލާ ހަވާލާދީ އިންޑިއާގެ މީޑިއާ ތަކުގައި ބުނެފައިވަނީ އަސްލަމް އަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާދެމުން އަންނަ ކަމަށާއި މިހާރު އޭނަގެ ހާލުދަނީ ރަނގަޅުވަމުން ކަމަށެވެ.

ފުލުހުން ބުނީ މިނިޔަސަމީ ހޯދާފައިވަނީ މިހާދިސާހިނގި ދެސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތައް ބަލައި އާންމުންގެވެސް އެހީތެރިކަމާއެކީގައެވެ.

އިންޑިއާއަކީ މުޅިދުނިޔޭންވެސް އެންމެ ނުރައްކާގައުމުކަމަށް ލޭބަލް ވެފައިވާ ގައުމެކެވެ. ކުޑަކުދިން ރޭޕްކުރުން ،ރޭޕް، މެރުން،އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކުރާ ގެވެށިއަނިޔާ ގިނަ ގައުމެއްގެ ގޮތުގައި އިންޑިއާވަނީ ފާހަނގަ ވެފައެެވެ.