English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރިން އަޅާހެދުމާއި ގެންގުޅޭ އަގުބޮޑު ގަހަނާތަކާއި އަތްދަބަހަށް  އެތައްބަޔަކު ސަމާލުކަން ހުއްޓެއެވެ. ދާދިފަހުން ކަރީނާކަޕޫރް ގެންގުޅޭ އަތްދަބަސްތަކުގެ އަގު މީޑިއާތަކުގެ ފަލަސުރުހީތަކަށް އެރިއެވެ.

މިފަހަރު މީޑިއާގެ ސަމާލުކަން ހުއްޓުނީ މަޝްހޫރު ބޮލީވުޑް ތަރި ސްރީދޭވީ އާއި ބޯނޭކަޕޫރް ގެ ދަރިފުޅު ޖާންވީ ކަޕޫރްގެ ސްޕޮންޖްބޮބް ދަބަހަށެވެ. އިންޑިއާގެ ބައެއްމީޑިއާތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި، ޖާންވީގެ މިދަބަހަކީ ޖާމީސްކޮޓްގެ މޮސްކިނޯ ކަލެކްޝަންގެ ދަބަހެކެވެ. އަދިމި ސްޕޮންޖް ބޮބް އަތްދަބަހުގެ އަގަކީ އިންޑިއާގެ 60000ރުޕީސްއެވެ. މީގެ އިތުރުންވެސް ޖާންވީ ގެންގުޅޭ އެހެން ދަބަސްތަކަށްބަލައިލާއިރު ޗެނަލް ޖަމްބޯ ފްލިޕް އަތްދަބަހުގެ އަގަކީ އިންޑިއާގެ 4ލައްކަ ރުޕީސްއެވެ. މީގެ އިތުރުން ޖާންވީ އެންމެ ގިނަިއން ބޭރުތެރޭގައި ގެންގުޅޭ އޭނަގެ ފެވަރިޓް އެއް ދަބަސްކަމަށްވާ ގޯޔާޑް ސައިންޓް ލުއިސް ޓޯޓް ގެ އަގަކީ 830000 އިންޑިއަން ރުޕީސްއެވެ.

ފެޝަނަށް ލޯބިކުރަމުން އަންނަ ޒުވާން ތަރިން ގެންގުޅޭއަތްދަބަހަށް މީޑިއާގެ ސަމާލުކަން ހުއްޓުނުނަމަވެސް އޭނަ އަޅާހެދުން ތަކަކީވެސް މީޑިއާގެ އިތުރުން ފޭނުންނާއި ބައެއް ފިލްމީތަރިންވެސް ފާހަނގަ ކުރާ އެއްޗިއްސެވެ. ޖާންވީ އަކީ އާންމުގޮތެއްގައި އޭނަގެ މަންމަ ގެ ސާރީތަކާއި ބައެއް ހެދުންތައް ބޭނުން ކުރަމުން އަންނަ ތަރިއެއްކަމަށްވަނީ ފާހަނގަ ވެފައެވެ. ދާދިފަހުންވެސް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަނީ ޖާންވީގެ ޖިމް ހެދުންތަކާމެދު ވާހަކަދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ޖާންވީ ޖިމަށްދާން ލާސޯޓު މާކުރުކަމަށެވެ. ޖާންވީ ފާހަނގަ ވެފައިވަނީ ޖިމަށްދާއިރުވެސް ތަފާތު ސްޓައިލްއަށް ޖިމް ހެދުން އަޅާތަރިއެއްގެ ގޮތުގައެވެ.

އުމުރުން އެންމެ 22 އަހަރުގެ ޖާންވީ އެންމެފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ނިކުތް ފިލްމް ދަޅަކް އިންނެވެ. ދެން އެންމެ އަވަހަށް ފެނިގެންދާނީ 2020 ވަނައަހަރު ނިކުންނަން އޮތް ކަރަންޖޯހަރް ގެ ފިލްމެއްކަމަށްވާ ތަޚްތް އިންނެވެ.