English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސި ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލީހަށް ބަލައިގަނެ އެ ބިލް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ކޮމިޝަން ތަކަކީ ގޮތް ނޭނގޭ މަރުތައް ބަލާ ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ފައިސާ އަށް ހިޔާނާތްވެފައިވާ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންގެ ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 79 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ އެއް މެމްބަރަކު އިންނެވި އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުންނަށް އިނާޔަތް ދިނުމަށް ހުށަހަޅާފައިވާ ބިލް ވަނީ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ފާސްކޮށް ބޭރުކޮށްފައެވެ.

ރިޔާސީ ކޮމިޝަން ބިލަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ފުއްދުވުމަށާއި ގޮތް ނޭނގޭ މަރުތަކާއި ދައުލަތުގެ ފައިސާ އަށް އިންތިހާ އަށް ހިޔާނާތްވެރިފައި ވާތީ އެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް އެމަނިކުފާނު މަޖިލީހަށް ފޮނުއްވާފައިވާ ބިލެކެވެ.

އެބިލަކީ ނިމިދިޔަ 18 ވަނަ މަޖިލީހަށް ހުށަހެޅި، ބަހުސް މަރުހަލާ ނިމި، އަދި ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު، ވޯޓަށް ނާހައި، މަޖިލީހުގައި “ޕާކު” ކޮށްފައިވާ ބިލެކެވެ.