English Edition
Dhivehi Edition

ރާއްޖެއިން މީހުން ހައްޖަށް ގެންދާ އެއް ކުންފުނި ސިސިލްފަރު ހައްޖު އެންޑް އުމުރާ ގްރޫޕުން އިސްލާމިކް މިނިސްޓްރީގައި ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، އަލުން ބީލަން ހުޅުވާލަން އެދިއްޖެއެވެ.

ޙައްޖަށް މީހުން ގެންދިއުމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތާ އެކު އެ މައްސަލަ ކޯޓަށްވެސް ސިސިލްފަރުން ހުށައަޅާފައިވެއެވެ. ނަމަވެސް ކޯޓުން ނިންމީ ކޯޓަށް އައުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް އެ މައްސަލާގައި ފުރިހަމަ ނުކުރާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންވެ، މާލިއްޔަތު ގަވާއިދުގެ ދަށުން ކޯޓަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމުގެ ގޮތުން، ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ އަށް އިއްޔެ ހުށަހެޅި ޝަކުވާގައި ވަނީ އެކަމަށް ކުރިމަތިލި ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހޭ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައެވެ.

ހަމައެއާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވެސް އެކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، ބީލަން އަލުން ހުޅުވާލަން ސިސިލްފަރުން އެ ޝަކުވާގައި އެދިފައިވެއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތައް:

1- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ – 69965ރ
2- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް – 72550ރ
3- މިނާ ޙައްޖު އެންޑް ޢުމްރާ – 69965ރ
4- ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް – 70000ރ
5- އެކްރޯ ޕްރައިވެޓް ލިމިޓެޑް – 59965ރ
6- ޙައްޖު ކޯޕަރޭޝަން