English Edition
Dhivehi Edition

ރާއްޖޭގެ ހަތް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަން ޕްލޭން ކޮށްފައި އޮއްވާ އެ ހަތް ރަށުގެ ތެރެއިން ބ. ދަރަވަންދޫ އުނިކޮށް ދުވާފަރު ހިމަނައިފި އެވެ. މިއީ ސަރުކާރުން މިއަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

މިކަމާއި ގުޅިގެން އިއްޔެ އެމްޓީސީސީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. ނަމަވެސް މިއަދު މިވަނީ އެ މަޝްރޫތަކުގެ ތެރެއިން ބ. ދަރަވަންދޫގެ މަޝްރޫ އުނިކޮށްފަ އެވެ. ދަރަވަންދޫގެ ބަދަލުގައި މިހާރު ހިމަނާފައި ވަނީ ދުވާފަރެވެ.

އެމްޓީސީސީން ބުނީ މި ގޮތަށް ނިންމީ ތަޖުރިބާއަށް ބެލުމަށްފަހު މަޝްރޫއުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށެވެ،

ބަދަލު ގެނައުމުން މަޝްރޫއުގައި ހިމެނޭ ރަށްތައް

ހަނިމާދޫގެ މައި މަގުތައް: 46،799،227.79 ރުފިޔާގެ މަޝްރޫއު

އުނގޫފާރުގެ މައި މަގުތައް: 19،399،771.26 ރުފިޔާގެ މަޝްރޫއު

އޭދަފުށީގެ މައި މަގުތައް: 19،184،857.96 ރުފިޔާގެ މަޝްރޫއު

ދުވާފަރުގެ މައިމަގުތައް: 28،251،542.52 ރުފިޔާގެ މަޝްރޫއު

ހުޅުމީދޫގެ މައި މަގުތައް: 32،719،385.70 ރުފިޔާގެ މަޝްރޫއު

ފޮނަދޫގެ މައި މަގުތައް: 32،719،385.70 ރުފިޔާގެ މަޝްރޫއު

ފުވައްމުލަކު ރިންގް ރޯޑު: 32،042،893.70 ރުފިޔާގެ މަޝްރޫއު

މި މަޝްރޫއުތަކުގެ ޑިޒައިނަށް ގެންނަށްޖެހޭ ބަދަލުތައް ޕްލޭނިންގް މިނިސްޓްރީ އާ މަޝްވަރާކޮށް ގެނައުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފަ އެވެ.