English Edition
Dhivehi Edition
ޔޫތު މިނިސްޓްރާ އެކު އެމްއޯސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ޔޫތު މިނިސްޓްރީ

ރާއްޖޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ބިޑުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އައިއޯޖީ، ކުޅިވަރު ތައް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމާ މެދު މަޝްވަރާކޮށްފައި ވަނީ ޔޫތު މިނިސްޓްރ އަހުމަދު މަހްލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެވެ.

މިދޔަ ފެބްރުއަރީ މަސްތެރޭގައި،އައިއޯއައިޖީ ކުޅިވަރު 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް އެއްބަސް ވެވުނެވެ. އެ އަށް ފަހު އައިއޯއައިޖީ ކުޅުވަރު ބޭއްވުމަށް ރާއްޖޭގައި ހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ފެންވަރު ރަނގަޅު ބިޑެއް ހުށަހެޅުމަށް އެމްއޯސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އައިއޯއައިޖީ ކުޅިވަރަކީ 1979 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކުޅިވަރުގެ އީދަކަށް ވީނަމަވެސް 2015 ވަނަ އަހަރުގެ ރީޔޫނިއަންގައި ބޭއްވި ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު ހޯދި ރަން މެޑެލް ފިޔަވައި އިތުރު ރަންމެޑަލެއް ރާއްޖެއަށް ލިބިފައި ނުވި ކަމުގައި ވީނަމަވެސް ރާއްޖޭގެ އެތްލީޓުން ވަނީ މިމުބާރާތުގައި އިތުރު މެޑަލްތަކެއް ޙާޞިލްކޮށްފައެވެ.ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރަން މެޑަލް ހޯދިފައިވަނީ ވެސް އައިއޯއައިޖީގައެވެ.

އައިއޯއައިޖީ ގޭމްސްގައި ރާއްޖެއަށް ރަންމެޑަލް ހޯއްދަވައި ދެއްވި ޙަސަން ސާއިދާއި ރައީސުލް ޖުމްހޫރިއްޔާ ޔާމީން ޢަބުދު ޤައްޔޫމް ބައްދަލު ކުރައްވަނީ

އަންނަ މަހު މޮރިޝަސްގައި ބާއްވަ އައިއޯއައިޖީ ގޭމްސްއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވަނީ ދައުވަތު އެރުވިފައެވެ.

މި ގޭމްސް މިހާތަނަށް ބާއްވާފައިވާ ގައުމުތަކަކީ މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސް އަދި ރިޔޫނިއަން އައިލޭންޑްސް އެވެ.