English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތު،ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އިން މުޖުތަމައު ބާރުވެރި ކުރުމަށް ހިޔާލު ހޯދަން ހުދު ކަރުދާސް ” ގެ ނަމުގައި ފޮތެއް ނެރެފިއެވެ.

ހުދުކަރުދާސް އާންމުކޮށްދެއްވީ އެކަމަށްޓަކައި ހާއްސަކޮށްގެން ސޯޝަލް ސެންޓަރުގައި ރޭ (ހޯމަދުވަހުގެރޭ) ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސައިންސްވެރިޔާ ޕޮރްފެސަރ ހަސަން އުގައިލްއެވެ.

މި ފޮތަކީ،ނުވަތަ ކަރުދާހަކީ،ދިވެހި ޢާއްމު ރައްޔިތުންގެ ޚިޔާލު ހޯދައިގެން ދިވެހި މުޖްތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިންގޭ ޕްރޮގްރާމް ތަކަށް ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންނަށް ފުރުޞަދު ލިބިދޭ ގޮތަށް، ނެރެވުނު ފޮތެކެވެ.

ޕްރޮފިސަރ ހަސަން އުޤެއިލް އާއި ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް

ހުދުކަރުދާސް އާންމުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޕޮރްފެސަރ އުގައިލް ވިދާޅުވީ، ހުދުކަރުދާހުގައި ބަޔާންކޮށްފައި ހުރީ ވަރަށް މުހިންމު ކަންތައްތަކެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޒުވާނުން، ގައުމު ކުރިއެރުވުމަށާއި، ގައުމު ބައްޓަންކުރުމަށް ކުރަންޖެހޭ ބައެއް ކަންކަން ވަރަށް ފުރިހަމައަށް މި ކަރުދާހުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

ހުދު ކަރުދާހުގެ މައިގަނޑު މަގްސަދަކީ ހުރިހާ ރަށްރަށެއްގެ ކައުންސިލް މެދުވެރިކޮށް ހުދު ކަރުދާސް ރައްޔިތުންނަށް ފޯރުކޮށްދީގެން އާންމުންގެ ހިޔާލު ހޯދައިގެން މުޖްތަމައު ބާރުވެރިކުރުވުމުގެ ގޮތުން ތައްޔާރުކުރާ ޕްރޮގްރަމުތަކަށް ކުރިޔަށް ގެންދިޔުންކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ. އެފަދަ ކަންކަމުގައި ރައްޔިތުންގެ ބަހެއް ހޯދުން ކަމަށްވެސް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.

ހުދު ކަރުދާހުގައި އާންމުންނަށް ހިޔާލުދެވޭނެ ގޮތްތަށް ފާހަގަކޮށްފައި ވާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޔޫތު މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށްވެސް ހުދުކަރުދާސް ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.