ގިރީޝް ކަރްނާދް މަރުވެއްޖެ
3 މަސް ކުރިން
އަލްމާ އަލީ

ކުޅަދާނަ ފަންނާނު ގިރީޝް ކަރްނާދް މަރުވެއްޖެ އެވެ. އޭނާ މަރުވި އިރު އުމުރަކީ 81 އަހަރެވެ.

އިންޑިއާ ސަރުކާރުން ދޭ 4 ވަނައަށް އެންމެ ޝަރަފުވެރި އެވޯޑު ޕަދްމާ ޝްރީ 1974 ވަނަ އަހަރު ލިބިފައިވާ ޕްލޭ ރައިޓް އަދި އެކްޓަރު ގިރީޝް ކަރްނާދް މަރުވީ އިންޑިއާގެ ބެންގަލޫރުގައި މިއަދު ހެނދުނުގެ ވަގުތެއްގައިއެވެ.

Advt

Advertisement

އަދި ތިންވަނައަށް އެންމެ ޝަރަފުވެރި އެވޯޑު ޕަދްމާ ބުޝަން 1992 ވަނަ އަހަރު ލިބިފައިވާ ކުޅަދާނަ ފަންނާނު އެކްޓިން ކެރިއަރު ފެށިފައިވަނީ 1970 ވަނަ އަހަރު ނެރުނު ކަންނާޑާ ފިލްމަކުންނެވެ.

އެންމެ ފަހުގެ  ރޯލުތކުގެ ތެރޭގައި ސަލްމާން ޚާންގެ ފިލްމު “ޓައިގަރ ޒިންދާ ހޭ” އަދި އަޖޭ ދޭވްގަން ގެ “ޝިވާއީ” ގިރީޝް އަދާކޮށްފައިވާ ރޯލު ހިމެނެ އެވެ.

ގިރީޝް މަރުވުމުގެ ހިތާމައިގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ ޓްވީޓްކޮށްފަ އެވެ.