އަތް ނެއް ކުއްޖަކު ފައިން އިންތިޙާނު ހަދައި ހުރިހާ މާއްދާއަކުން އޭ ހޯދައިފި
5 މަސް ކުރިން
ޝާން މުޙައްމަދު

އިންޑިއާގެ ކެރެލާއަށް އުފަން އަންހެން ކުއްޖެއް ކަމަށްވާ ދެވިކާ އޭނާގެ ފައިގެ އެހީގައި ގްރޭޑް 10 އެއްގެ އިމްތިޙާނު ހަދައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިފިއެވެ. ދެވިކާ ގެ ވާހަކައިން އެންމެން ހައިރާންކޮށްލިއިރު ދެވިކާގެ ބައްޕަ ސަޖީވް ބުނީ މިއީ އެމީހުންނަށް އާ ކަމެއް ނޫންކަމަށެވެ.

ދެވިކާ އުފަންވިއިރު ވެސް އޭނާގެ ދެއަތް ނެތް ކަމަށް ދެވިކާގެ ބައްޕަ ސަޖީވް ބުންޏެެވެ. ދެވިކާއަށް ފުރަތަމަ ފައިން ގަލަން ހިފަން ދަސްކޮށްދިން ދެވިކާގެ މަންމަ ބުނީ ދެވިކާ ފައިގެ އެހީގައި ލިޔެ އަކުރުތައް ދަސްކޮށް ސްކޫލަށް ވެއްދޭ ވަރު ވުމުން ސްކޫލުން ދެވިކާ ބަލައިގަތް ކަމަށެވެ. އަދި ސްކޫލުގެ ޓީޗަރުން ދެވިކާއަށް ވަރަށް އެހީތެރިވާކަމަށް އޭނާގެ މަންމަ ބުންޏެވެ.

Advt

Advertisement

ދެވިކާއަށް ތިން ބަހުން ލިޔަން އެނގެއެވެ. އެއީ މަލަޔާޅަމް ބަހާއި އިނގިރޭސި އަދި ހިންދީ ބަހުންނެވެ. ދެވިކާ ބުނީ އޭނާ ވަރަށް އިޖްތިމާއި އިލްމު ކިޔަވާހިތްވާ ކަމަށެވެ. ދެވިކާގެ މަންމަ ބުނީ ދެވިކާ އަކީ ވަރަށް ލަވަކިޔާހިތްވާ ކުއްޖެއް ކަމަށެވެ.