English Edition
Dhivehi Edition

ވިލާ ކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވިފައިވާ ‘ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް’ އަށް ކުރިމަތިލުމުގެ ފުރުޞަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ހިލޭ ކިޔެވުމުށް ހުޅުވާލެވުނު ދެ ފުރުޞަތެވެ.

މިސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު އައްޑޫސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ކައުންސިލުންވަނީ އެދިފައެވެ.އަދި ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުންވަނީ ބުނެފައެވެ

މިސްކޮލަރޝިޕާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6888820 ފޯނަށް ގުޅުމުން ލިބިގެންދާނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް ޕްރޮގްރާމުގައި ވިލާ ކޮލެޖުގެ ޕާރޓްނަރެއްގެ ގޮތުގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވުމަށްޓަކައި އައްޑޫސިޓީ
ކައުންސިލާއި ވިލާ ކޮލެޖާ ދެމެދު  ސޮއިކުރެވުނީ 04 އޭޕްރީލް 2017 ވަނަ ދުވަހު ގައެވެ.