English Edition
Dhivehi Edition

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަކަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުުކުރުމަށް 1.6 މެގަވޮޓޫގެ އިންޖީނެެއް ބަހައްޓާ ކަރަންޓް ދޭން ފަށައިފިއެވެ.

އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ފެނަކަ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ކަރަންޓަށް ދިމާވި މައްސަލަތައް ހައްލު ކުރުމަށް އައްޑޫ އަށް ގެނައި 1.6 މެގަވޮޓުގެ އިންޖީން އިންސްޓޯލްކޮށްފައިވާ ކަމަށާއި، އެ އިންޖީނުން 1.3 މެގަވޮޓްގެ ހައިލޯޑުގަ ކަރަންޓު މިހާރު ދެމުންދާ ކަމަށެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެމުން އަންނަ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ 2 މެގަވޮޓު އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން މިދިޔަ މޭއި މަހުގެ ފަހު ކޮޅުން ފެށިގެން އައްޑޫގެ އެކި ހިސާބު ތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ.

އައްޑޫސިޓީ އަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން 20 މެގަވޮޓުގެ ޕަވަރ ގްރިޑެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިންވަނީ ބުނެފައެވެ. މަސައްކަރް ފެށުމުގެ ގޮތުން ކުރަންޖެހޭ ސާރވޭތައް ކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް އައްޑޫއަށް އަންނަ ހަމަޖެހިފައިވާއިރު އައްޑޫސިޓީގައި ސެންޓްރަލް ޕަވަރގްރިޑް ނިޒާމެއް ގާއިމްވެގެންދާއިރު ވަކިން އޮންނަ ހުޅުދޫ ސަބްމެރިން ކޭބަލްއަކުން ގުޅާލުމަށްޓަކައި، އެކަން ވިލަރެސް ކުރަމުންދާކަމަށް ފެނަކައިންވަނީ ބުނެފައެވެ.