ބަރުދަން އެންމެ އަވަހަށް ލުއިކުރުމަށް ކާންވީ ހިކަނދިފަތް!
3 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

ހިކަނދިފަތަކީ އާންމުކޮށް ކާނާތައްޔާރު ކުރުމުގައި ބޭނުންކުރަމުން އަންނަ، ކާނާއަށް މީރު ރަހަގެނެސްދޭ ފަތެކެވެ. ކާނާއަށް މީރު ރަހަގެނެސް ދިނުމުގެ އިތުރުން ހިކަނދިފަތަކީ އޭގައި ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހިކަނަދިފަތުގައި އެކުލެވޭގިނަމާއްދާތަކުން ހަށިގަނޑުގައި ހުންނަ ސަރުބީތައް ވަރަށް ހަލުއިކަމާއެކު ވިރިގެންދެއެވެ. މިދިރާސާގައި ބުނެފައިވާ ގޮތުން ކަސްރަތު ކޮށްގެން ބަނޑުގައި ހުންނަ ސަރުބީތައް ވިރުވާލައި ބަރުދަން ލުއިކޮށްދޭފަދައިން ހިކަނދިފަތުން ސަރުބީ ވިރުވާލަދެއެވެ.

ގުދުރަތީބޭސް ތައްބޭނުންކޮށްގެން ބަލިތަކަށް ފަރުވާކުރާ މާހިރުން ބުނެފައިވަނީ، އަތުން ނަގާލެވޭހާ ހިނަދި  ފަތްކޮޅެއް ހެނދުނު ހުސްބަނޑާ ހުރެ ބޭނުންކޮށްލުމުން ، ހަކުރުބަލި، ފަލަބަލި، އަދި ކޮލެސްޓްރޯލް ބައްޔަށް ފަރުވާ ލިބެއެވެ. ހިކަނދިފަތުން ބަރުދަން ލުއިކޮށްދެނީ އޭގެން ކާނާ ހަޖަމްކުރުމަށް ފަސޭހަވެ ބަނޑުގެ ސިއްހަތު ދަމަހައްޓައި ދިނުމުގެ އިތުރުން މެޓަބޮލިޒަމް އަވަސްކޮށްދޭތީއެވެ.

Advt

Advertisement

ހިކަނދިފަތުން ހަމައެކަނި ހަޖަމްގެ ނިޒާމް ރަނގަޅުކޮށް ދިނުމުގެ އިތުރުން ކުޑަގޮހޮރާއި ބޮޑު ގޮހޮރު ސާފުކޮށްދީ އެއްވެސް މައްސަލައެއް ގޮހޮރުގެ ފާރަށް ދިމާވެފައިވާނަމަ ފަރުވާލިބޭކަމަށް މިދިރާސާގައި ސިއްޙީމާހިރުން ބުނެފައި ވެއެވެ. އަދި މިފަތުގައި އެކުލެވޭ ގިނަ އެންޓިއޮކްސިޑެންޓުން ގޮހޮރުގައި ހުންނަ ވިހަމާއްދާތައް ބޭރުކޮށްދެއެވެ. މީގެ އިތުރުން މޭނުބައި ކުރާމައްސަލައަށްވެސް ހިކަނދިފަތް ބޭނުން ކުރުމުން ހައްލުލިބެއެވެ.

ހިކަނދިފަތުގައިހުންނަ “މަހަނިމްބައިން” ކިޔާމާއްދާއަކަށް ހަށިގަނޑުގައި ހުންނަ ފެޓްސް އަންދާލުމުގެ ބާރު ލިބިގެންވާއިރު ހަށިގަނޑުގައިވާ ލިޕިޑް  ލެވެލް އަދި ޓްރިގްލައިސެރައިޑް އުފެއްދުން ހުއްޓުވައެވެ. މީގެ އިތުރުން އެންމެ އަވަހަށް ފެޓްސްއުފައްދާ ބްލަޑް ޝުގާލެވެލް ދަށްކޮށްދެއެވެ.

ސަރުބީ ވިރުވާލުމަށް ހިކަނދިފަތް ބޭނުން ކުރަންވީގޮތް: 

ތަވަޔަކަށް އެއްތަށި ފެން އެޅުމަށްފަހު ހޫނުކުރާށެވެ. ފެން ކެކިގަތީމަ 10-15 ހިކަނދިފަތް ކެކިކެކި ހުރި ފެނަށް އަޅާށެވެ. ދެން ރަނގަޅަށް ކެކިގަތީމަ އުނދުން ނިއްވާލާފައި މިފެން ހިހޫވީމަ ބޯލާށެވެ. ކޮންމެ ދުވަހަކު ހެނދުނު މިގޮތަށް ފެންތައްޔާރުކޮށްގެން ނަތީޖާ ނުކުންނަންދެން ބޭނުން ކުރާށެވެ. ބޭނުމިއްޔާ މިފެނަށް ލުންބޯހުތް އަދި މާމުއި އެއްކޮށްލެވިދާނެއެވެ.