ސާގުބޮނޑިބަތަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކެއުމަށްބޭނުން ކުރަމުން އަންނަ ފޮނިއެއްޗެކެވެ. އެނގިފައިވާ ގޮތޮގައި ކުރީގެ މީހުން ސާގުބޮނޑިބަތް ކައްކަން ބޭނުން ކުރަމުން އަންނަނީ ކާށިކިރެވެ. ނަމަވެސް މިހާރު ޒަމާންބަދަލުވެ އާންމުގޮތެއްގައި ގެރިކިރު ބޭނުންކޮށްގެން ސާގުބޮނޑިބަތް ކައްކައެވެ.
ބޭނުންވާތަކެތި:
3 ޖޯޑު ފެން
½ ޖޯޑު ސާގު
1/3 ޖޯޑު ހަކުރު
3 ކާފޫރުތޮޅި
1 ފޮނިތޮށި ކޮޅު
3 ރަނބާފަތް (1 އިންޗިވަރު)
¼ ޖޯޑު ފިނިފެން (މާފެން)
¼ ޖޯޑު ގެރިކިރު
ތައްޔާރުކުރާނެގޮތް:
އެންމެފުރަތަމަ ތެއްޔެއް އުނދުންމައްޗަށް އުދާފައި ފެންއެޅުމަށްފަހު ކައްކާށެވެ. ފެންކެކިގަތީމަ ސާގުއަޅާފައި ސާގުގެ ކުލަބަދަލުވަންދެން ކައްކާފައި ފުރޭންޏަކުން ސާގުފުރާނާލާފައި ފެންފޮދުއުކާލާށެވެ. ދެން ހަމައެތެއްޔަށް ސާގު އެޅުމަށްފަހު، ހަކުރު،ކާފޫރުތޮޅި،ފޮނިތޮށި،ފިނިފެން އަދި ރާނބާފަތް އަޅައިގެން މަޑުގިނީގައި ހަކުރުވިރެންދެން ކައްކާށެވެ. ދެން ކިރު އަދި ބޭނުން ކުލައެއް އެޅުމަށްފަހު 2 މިނެޓްވަންދެން ކެއްކުމަށްފަހު ތަށިތައްޓަށް އެޅުމަށްފަހު ހިހޫވީމަ އިންސާފްކޮށްލާށެވެ.