ލަންކާގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ލަންކާގެ މުސްލިމް މިނިސްޓްރުން އިސްތިއުފާ ދެނީ
4 މަސް ކުރިން
ޝާން މުޙައްމަދު

އަވައްޓެރި ސްރީލަންކާ އަށް ދިން ނިރުބަވެރި ހަމަލާ ތަކާއި ގުޅިގެން އެ ގައުމުގައި މުސްލިމުންނަށް އުނދަގޫތައް ޖައްސަމުން ގޮސް މިހާރު އެގައުމުގެ ބުޑިސްޓުން މިވަނީ ލަންކާ ސަރުކާރުގައި ހިމެނޭ މުސްލިމު މިނިސްޓަރުންނާއި އޮފިޝަލުންނާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައެވެ.

ބުޑިސްޓުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން، ސަރުކާރުގައި ހިމެނޭ ހުރިހާ މުސްލިމް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުން މިހާރު ވަނީ އިސްތިއުފާދޭން ނިންމާ އެކަން އިއުލާނު ކޮށްފަ އެވެ.

Advt

Advertisement

ސްރީލަންކާގެ މުސްލިމް ކޮންގްރެސްގެ ލީޑަރު ރައުފް ހަކީމް މިއަދު ވަނީ އެ ނިންމުން އިއުލާނު ކުރައްވައިފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ބުޑިސްޓުންގެ އާބާދީ ބޮޑު ކެންޑީގައި މުސްލިމް ދެ ގަވަރުނަރުން އިސްތިއުފާ ދިނުމަށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމާއި ގުޅިގެންނެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން މިދިއަ މަހު ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ގިނަ ބައެއްގެ ރުޅިވެރިކަން ވަނީ އަމާޒުވެފަ އެވެ.