English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން 6,014,971.00ރ.(ހަ މިލިއަން ސާދަ ހާސް ނުވަސަތޭކަ ހަތްދިހަ އެއް ރުފިޔާ)ދީފިއެވެ.

އައްޑޫ ސިޓީގައި ރިހަބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ހަ މިލިއަން ރުފިޔާ ކަނޑައެޅީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީ ހުޅުދޫގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ސެންޓަރެއް އަޅާނެ ކަމަށާއި އެސިޓީގައި ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކަށް ޚިދުމަތް ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ ރިހަބިލިޓޭޝަން ސެންޓަރަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ އިތުރުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސެންޓަރު ހިންގުމަށްޓަކައި އެ ތަނުގައި މަސައްކަތް ކުރާ ކައުންސެލަރުންނާއި ސޯޝަލް ވަރކަރުންނާޢި އެހެނިހެން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަގުފަހިކޮށްދޭނެ ކަމަށެވެ.

ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާއިރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހުގައެވެ.

މީގެ ކުރިން ވެސް ޚިދުމަތް ދެމުން އަންނަ މި ސެންޓަރ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހެވެ. އެތަން ހިތަދޫގައި ހުޅުވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަޞަން މަނިކުގެ ސަރުކާރުންނެވެ. އަދި 2016ވަނަ އަހަރުގެ ތެރޭގައި ތަން ބަންދު ކޮށް ގިނަ ދުވަހު ހުރުމަށްފަހު މަރާމާތު ތަކަކާއެކު އަލުން އިމާރާތް ހުޅުވިއިރު ޑިޓޮކްސިފިކޭޝަންގެ ޚިދުމަތުގެ އިތުރަށް އެޑްމިޓު ކޮށްގެން ފަރުވާ ދޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މި ސެންޓަރު އަލުން ހުޅުވިއިރުތަނުގެ ނަން ވަނީ ހިތަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވަނީ ބަދަލުކޮށްފައެވެ.

 

.