Roadhaige Badhige: Cookies Cream Cheese Cake - AO News Roadhaige Badhige: Cookies Cream Cheese Cake

ކޮވިޑް 19ކަވަރޭޖް

10,919,516CONFIRMED
6,106,402RECOVERED
4,291,726ACTIVE
521,388DEATHS
2,400CONFIRMED
1,969RECOVERED
416ACTIVE
10DEATHS
ރޯދައިގެބަދިގެ: ކުކީސް ކްރީމް ޗީޒް ކޭކް

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ކުކީސް ކްރީމް ޗީޒް ކޭކެ ތައްޔާރު ކުރާނެގޮތް

Advt

Advertisement

ބޭނުންވާ ތަކެތި: 

36 އޯރެއޯ ބިސްކޯދު

5 ސަމްސާ ބަޓަރ (ވިރުވާފައި)

3 ޖޯޑް ކްރީމް ޗީޒް

1/3 ޖޯޑް ހަކުރު

1 ސަމްސާ ވެނީލާ އެސެންސް

1 ޖޯޑް ކިރު (ކުޑަކޮށް ހޫނުކޮށްފައި)

1 ސަމްސާ ޖެލަޓިން

ތައްޔާރު ކުރާނެގޮތް: 

ބިސްކޯދު ތަކުގައި ހުރި ކްރީމް ނައްޓާފައި ވަކިން ބަހައްޓާށެވެ. ދެން ބިސްކޯދު ތައް ހިމުންކޮށް ފުނޑުކޮށްފައި އޭގެތެރެއަށް ވިރުވާފައި ހުރި ބަޓަރު ކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. ދެން ޓްރޭއެއް ނަގާފައި ޓްރޭގައި ބިސްކޯދް ލޭޔާފަތުރާށެވެ.

ދެން ތަވައެއް އުނދުން މައްޗަށް އުދާފައި ކްރީމްޗީޒް، ބިސްކޯދުން ނެގި ކްރީމް، ހަކުރު، ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް އޮލަވަންދެން ކައްކާށެވެ. ދެން ހޫނުކޮށް ހުރި ކިރުފޮދުގައި ޖެލެޓިން ގިރާލުމަށްފަހު އަޅާފައި ކްރީމްގަނޑުގެ ތެރެއަށް އަޅާފައި 1 މިނެޓްވަންދެން ކައްކާލާށެވެ. އެއަށްފަހު ޓްރޭގައި ފަތުރާފައި ހުރި ބިސްކޯދް ލޭޔާގެ މައްޗަށް ތައްޔާރު ކުރި ކްރީމް އަޅާލާށެވެ. ދެން ކްރީމް ލޭޔާގެ މައްޗަށް ފުނޑުކޮށްފައި ހުރި ބިސްކޯދު ޑަސްޓް ކޮށްލުމަށްފަހު 4 ގަޑި ވަންދެން ފްރިޖްގައި ބެހެއްޓުމަށްފަހު ސާވްކުރާށެވެ.