Champion league ge thashi liverpool in ufulaalaifi - AO News
English Edition
Dhivehi Edition

Worldwide

  • 11,288,976confirmed
  • 6,404,186recovered
  • 4,353,834active
  • 530,956deaths

Maldives

  • 2,435confirmed
  • 2,030recovered
  • 389active
  • 11deaths

ކޮވިޑް 19 ކަވަރޭޖް

1 އަހރު ކުރިން

ރޭ ކުޅުނު ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް އިން 14 އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތުގެ ތަށި ހަވަނަ ފަހަރަށް އުފުލާލައިފިއެވެ.

Advt

Advertisement

މެޑްރިޑުގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ވަރުގަދަ ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން ކުރި ހޯދީ 0-2ގެ ނަތީޖާ އަކުންނެވެ.

ރޭ ކުޅުނު ފޯރި ގަދަ ފައިނަލް މެޗު ފެށިގެން ފުރަތަމަ މިނިޓުގެ ތެރޭގައި ލިވަޕޫލަށް ޕެނަލްޓީއެއް ލިބިފައިވާއިރު އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ސަލާހު އެވެ.  ލިވަޕޫލްގެ ގޯލާއެކު ޓޮޓެންހަމްއިން އެ ޓީމުގެ ކުޅުންވަނީ ވަރުގަދަ ކޮށްފައެވެ.އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލް އިން ޑިފެންސަށް ސަމާލުކަން ދިނުމާއި ގުޅިގެން  ބޯޅަ މެދުތެރޭގައި ތާށިވެ އެ ޓީމަށް ވަނީ ލިވަޕޫލްގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.

ދެ ވަނަ ހާފުގައި ވެސް ޓޮޓެންހަމުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު އެ ޓީމަށް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަންވަނީ ޓޮޓެންހަމް އިން ފޮނުވާލި ވަރުގަދަ ހަމަލާތައް ކޮންޓްރޯލްކޮށްފައެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލަން ޓޮޓެންހަމް އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ނެގި ކޯނަރު ގޯލަށް އަމާޒުކޮށް ޑިވޮކް އޮރީގީ ވަނީމެޗުގެ އެންމެ ފަހު ވަގުތުކޮޅު ލިވަޕޫލްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

ލިވަޕޫލުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ 1977، 1978، 1981، 1984 އަދި 2005 ވަނަ އަހަރުގައެވެ