ރޯދައިގެބަދިގެ: ކުޅިބޯކިބާ
5 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ކުޅިބޯކިބާ ތައްޔާރު ކުރާނެގޮތް

ބޭނުންވަތަކެތި: 

Advt

Advertisement

2 ގަނޑު ވަޅޯމަސް

1 ޖޯޑު ހަނޑޫ ރާޅުކޮށް ފުނޑާފައިހުރި

4 ހިނަކދިފަތް (ހިމުންކޮށް ކޮށާފައި)

2 ގިތެޔޮމިރުސް(ހިމުންކޮށް ކޮށާފައި)

1 ޖޯޑު ފިޔާ

2 ލުނބޯ

1 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފައި)

ރީނދޫ (ކުލަހިފާވަރަށް)

ލޮނުކޮޅެއް (ރަހަލާވަރަށް)

1 3/4 ޖޯޑު ކާށި ހުނި

ތައްޔާރުކުރާނެގޮތް: 

ފިޔާ މިރުސް އަދި ހިނކަނދިފަތް އެއްކޮށް ރަހަނިކުންނަވަރަށް މޮޑެލާފައި މަހާއި ހުނި އަދި ބާކީ ހުތި ހުރިހާ ތަކެތި އެއްކޮށް މޮޑެލާފައި 4 ބައިކުޅަ 3 ޖޯޑް ފެންވެސް އަޅާލާފައި ރަނގަޅަށް އެއްކޮށް ލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާފައި ޓްރޭގައި ތެޔޮހާކާލުމަށްފަހު ޓްރޭއަށް އަޅާލާފައި އަވަނުން ފިހެލާށެވެ.