English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 7-3 ގެ ބޮޑު ތަފާތަކުން އެފްސީ ޒެފިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް އެފްސީ ބޭރުމަތި ދަތުރު ކޮށްފިއެވެ.

މި ދެޓީމަކީ ވެސް އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ ދެ ޓީމެވެ. މިނަތީޖާއާއެކު އެފްސީ ބޭރުމަތި ވަނީ ތަށި މިލްކުރުމާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފައެވެ. ފައިނަލުގައި ބޭރުމަތި ބައްދަލު ކުރާނީ ޔަންގްވަންސް ނުވަތަ ފްރެންޑްސް ކުލަބާއެވެ.

މިރޭގެ މެޗުގައި ބޭރުމަތި ޖެހިލަނޑުތަކުގެ ތެރެއިން 3 ލަނޑު ޖެހީ މިރޭގެ މޮޅުކުޅުންތެރިއާގެ މަޤާމު ހޯދި ބޭރުމަތީގެ ޖާޒީ ނަމްބަރ 9 ޢަލީ ހާފިޒެވެ. އަނެއް 4 ލަނޑު ޖަހައިދީފައިވަނީ ޙަސަން މިރުފާހާއި، ޢަލީ ފަހުމީއާއި، އިބްރާހީމް ސާމީއާއި، އިބްރާހީމް މުބީން އަޙުމަދު ރަޝީދެވެ.

ޒެފިއާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޙަސަން ރާއިފް އަޙުމަދެވެ. އަނެއް ލަނޑު ޖެހީ ޙުސައިން ޒައިން ހަނީފެވެ. މި ތިންލަނޑުވެސް ޖަހައިފައިވަނީ މެޗުގެ ފަހު ހާފުގައެވެ.

ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔަންގްވަންސާއި ފްރެންޑްސް ކުލަބެވެ. މެޗު ފަށާނީ 11:00 ގައެވެ.