English Edition
Dhivehi Edition
ދިރާގުން ގުރުއާނާ ބެހޭ މަރުކަޒާ އެކު ހެދި އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެެެއިން -- ފޮޓޯ: ދިރާގު

ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ކީރިތި ޤުރުއަނާ ބެހޭ މަރުކަޒުން، ފުވައްމުލަކާއި ލ. ފޮނަދޫގައި ޤުރުއާން ކްލާސް ހިންގުމަށް، އެމަރުކަޒަށް މެގަ އެކްސެސް ނެޓްވަރކް ސޮލިއުޝަން ދިރާގުގެ ސީއެސްއާރގެ ދަށުން މިއަހަރުވެސް ފޯރުކޮށްދީފިއެވެ.

ދިރާގުން ފޯރުކޮށްދޭން ނިންމި ހިދުމަތުގެ ދަށުން، މާލޭގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގެ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ކިޔަވައިދެވޭނެއެވެ. އެއީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެ ހިދުމަތުގެ ސަބަބުން، ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާއިން ދަރިވަރުންނަށް މާލޭގައި ތިބޭ މުދައްރިސުންނާ ސުވާލުވެސް ކުރެވޭނެއެވެ.

މިހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާ ގެ ދަށުން ފޯރުކޮށްދޭ މިހިދުމަތުގެ ސަބަބުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.

ޖުމްލަ 91 ދަރިވަރުން މިވަގުތު ގުރުއާނާ ބެހޭ މަރުކަޒުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އެއީ ގުރުއާން މުދައްރިސް ކަމުގެ ޑިގްރީގައި 65 ދަރިވަރުން އަދި އިމާމްކަމުގެ ޑިގްރީގައި 26 ދަރިވަރުންނެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި ތިއްބަވާ ފަރާތްތަކަށް ރަށުގައިތިބެގެން ޑިގްރީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ. އަދި މި ކަމުގެ ސަބަބުން މުޖްތަމަޢަށް ގިނަގުނަ ފައިދާތަކެއް މި ޕްރޮގްރާމުގެ ޒަރިއްޔާއިން ކުރާނެއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން އިސްކަންދޭކަމެކެވެ.

 

ޓެގު