ރޯދައިގެބަދިގެ: ގްރީން ޕީސް ރޯލް
4 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ގްރީންޕީސް ރޯލް ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި:

Advt

Advertisement

2 ޖޯޑް ގްރީން ޕީސް

2 ފިޔާ (ހިމުންކޮށް ކޮށާފައި)

1 ގިތެޔޮމިރުސް (ނޫނީ ކުޅި ރަހަލާވަރަށް)

2 ހިކިމިރުސް ކޮށާފައި

2 ހިކަނދިފަތް

1 ސައިސަމްސާ އިނގުރު ގާނާފައި

1 ސަމްސާ ލޮނުމެދު ގާނާފައި

ލޮނުކޮޅެއް

1 1/4 ޖޯޑު މަސް

ފުށްގަނޑަށް: (2 ޖޯޑް ފުށް، 1 ބިސް، 2 ސަމްސާ މާޖިރިން)

ތައްޔާރު ކުރާނެގޮތް:

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ތެޔޮފޮދެއް އަޅާލާފައި ތެޔޮފޮދު ހޫނުވީމާ ފިޔާކޮޅާއި އިނގުރު، ލޮނުމެދު މިރުސްކޮޅު އަދި ހިކަނދިފަތް އެއްކޮށް އަޅާލުމަށްފަހު ފިޔާ މޯޅިވީމާ ފުށްގަނޑަށް ބޭނުންވާ ތަކެތި ފިޔަވައި ބާކީ ތަކެތި އެއްކޮށްލާފައި ރޯފިލަންދެން މަޑުގިނީގައި ކައްކާށެވެ. ދެން ބިހާއި މާޖިރިން އެއްކޮށްގެން ތާފަނާފެންފޮދެއްގައި ފުށްކޮޅު ދަމާލެވޭވަރަށް މޮޑެލާށެވެ. އެއަށްފަހު ކުދިކޮށް ގުޅަހަދާލުމަށްފަހު ރޮށިދަމާގޮތަށް ވަށްކޮށް ކުދިކޮށް ދަމާލުމަށްފަހު ރޮށީގެ މައްޗަށް 2 މޭޒުމަތީ ސަމްސާ ތައްޔާރުކޮށްފައިހުރި ގްރީންޕީސް އަޅާލުމަށްފަހުރޯލް އެއްގޮތަށް އޮޅާލާފައި ކައިރި ތަތްކޮށްލާށެވެ. ދެން ތަވަޔަށް ތެޔޮއަޅާފައި ރޯލްގެ ފުށްގަނޑުގެ ބޭރަށް ގޯލްޑެން ބްރައުންކުލަ އަރަންދެން ތެލުލާށެވެ.