English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ޕައިނެޕްލް އަޕްސައިޑް ޑައުން ޕޭންކޭކް ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

2 ޖޯޑު ފުށް

1 ޖޯޑު ކިރު

2 ބިސް

1 ސަމްސާ ވެނީލާ އެސެންސް

10 އަލަނާސި ފޮތި

10 ޗެރީ ނޫނީ ބޭނުން ފްރުޓެއް

ވިޕްޑްކްރީމް އަދި ޕޭންކޭކް ސިރަޕް (ގާނިޝްކުރުމަށް)

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތައްޓެއްގައި ފުށް، ބިސް ، ކިރު އަދި ވެނީލާ އެސެންސް އެޅުމަށްފަހު ހޭންޑް މިކްސަރުން އެއްކުރާށެވެ. ދެން ތަވައެއް އުނދުންމައްޗަށް އުދާފައި ހޫނުވީމަ ބަޓަރ ކޮޅެއް އެޅުމަށްފަހު ވިރުނީމަ ސަމްސަލުން ފޮޅިއެއް އަޅާށެވެ. ދެން އޭގެމަތީގައި އަލަނާސި ފޮއްޗަކާއި މެދުގައި ޗެރީއެއް ބޭއްވުމަށްފަހު ދެފުށަށް ޖަހަމުން ފިހެލާށެވެ. ތައްޔާރުކޮށާފައިވާ ފުށް ހުސްވަންދެން މިގޮތަށް ފޮޅިއަޅަމުން ގެންދާށެވެ. ދެން ނިމުނީމަ މައްޗަށް ޕޭންކޭކް ސިރަޕް އަދި ވިޕިންގ ކްރީމް އެޅުމަށްފަހު ސާވް ކުރާށެވެ.