English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލާނީ އައިސްބޮކްސް ކޭކް ތައްޔާރު ކުރާނެގޮތް

ބޭނުންވަތަކެތި:

3ޖޯޑް ހެވީކްރީމް

1/2 ޖޯޑް ހަކުރު (މުގުރާފައި)

1 ސަމްސާ ވެލީލާ އެސެންސް

އޯރެއޯ ބިސްކޯދު ނުވަތަ ޗޮކްލެޓް ވެފާ (ވާވަރަށް)

ތައްޔާރުކުރާނެގޮތް:

ތަށްޓެއްނަގާފައި، ހަކުރު، ހެވީކްރީމް އަދި ވެނީލާ އެސެންސް އަޅާފައި ރަނގަޅަށް ހޭންޑް މިކްސަރުން ފޯމްގަނޑެއްހެން ވަންދެން އެއްކުރާށެވެ. ދެން 8 އިންޗި ވަރުގެ ޓްރޭއެއްނަގާފައި ވަރަށް ތުނިކޮށް ތައްޔާރުރި ކްރީމް އިން އެއްލޭޔާ ފަތުރާށެވެ. ދެން އޭގެ މަތީގައޮ އޯރިއޯބިސްކޯދް ނުވަތަ ވެފާ ލޭޔާއެއް ފަތުރާށެވެ. މިގޮތަށް ކްރީމް އާއި ބިސްކޯދު ހުސްވަންދެން ލޭޔާ ހަދަމުން ގެންދާށެވެ. ދެން އެންމެ މަތީގައި ވިޕްޑް ކްރީމް ލޭޔާއެއް އެތުރުމަށްފަހު ބިސްކޯދު ފުނޑުކޮށްފައި ޑަސްޓްކޮށްފައި ގާނިޝްކޮށްލާށެވެ. މިކޭކް އިންސާފް ކުރެއްވުމުގެ 2 ގަޑި އިރު ކުރިން ފްރިޖްގައި ބަހައްޓަންވާނެއެވެ.