English Edition
Dhivehi Edition

ނަވާރަވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް  ރައީސް މުޙައްމަދު ނަޝީދު ހޮވި ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މަޖިލިހުގެ ރައީސަކަށް ހޮވި ވަޑައިގަންނަވާފައިވަނީ  67  ވޯޓް ލިބިވަޑައިގެންނެވެ. ވޯޓްގައި ބައިވެރިވެލެއްވެވީ 86 މެމްބަރުންނެވެ. ނަޝީދުގެ އިތުރުން ދެން އެމަގާމަށް ކުރިމަތި ލެއްވެވި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންނެވީ  17  ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 1 އެވެ.

މަޖިލިހުގެ ރައީސް ހޮއްވަވާފައިވަނީ ރައްޔިތުންގެ މަޖްލިހުގެ މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު މިރޭ 10:30 ގައި ބޭއްވުނު ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ  ޖަލްސާގައި 86 މެމްބަރުންގެ މެދުގައި ވަކވަކިން ނެގުނު ސިއްރުވޯޓަކުންނެވެ. މަޖިލިހުގެ ރައީސަކަށް ނަންހުށަހެޅިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާމިގިލީ ދާއިރާގެ މެމްބަރު  ޤާޞިމް އިބްރާހިމްގެ ނަންފުޅެވެ.

މަޖިލިހުގެ ރައީސަކަށް މުޙައްމަދު ނަޝީދުގެ ނަންފުޅާއި ނައިބްރައީސަކަށް އީވާ ޢަބުދުﷲ ގެ ނަން ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމް ހުށަހެޅުއްވުމުންއެއަށް ތާއިދު ކުރެއްވީ މެދު ހެންވޭރޫ ދާއިރާގެ މެމްބަރ ޢަލީ ޢާޒިމެވެ.

އަދި މަހިބަދޫ ދާއިރާގެ މެމްބަރ އަޙްމަދު ޠާރިޤް ،މާމިމިގިލީ ދާއިރާގެ މެމްބަރ ޤާޞިމް އިބްރާހިމްގެ މަޖްލީހުގެ ރައީސަކަށް  ނަންފުޅު ހުށަހެޅުއްވައި އެއަށް ތާއިދު ކުރެއްވީ ފަރެސްމާތޮޑަގެ ޙުސަންލަޠީފެވެ.

މަޖިލިހުގެ ނައިބުރައީސަކަށް ނަން ހުށަހެޅިފައިވަނީ ހަމައެކަނި ގަލޮޅު އުތުރު ދާއިރާގެ މެމްބަރުއީވާ ޢަބުދުﷲ ގެ ނަން އެކަންޏެވެ.