English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ޕުޑިންގް ފޮޅި ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި:

2 ބިސް

1/2 ޖޯޑު ގެރިކިރު

1/4 ޖޯޑު ކިރު

1/2 ޖޯޑު ފުށް

1 ސަމްސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ބިހާއި ގެރިކިރު އެއްކޮށްފައި ރަނގަޅަށް ގިރާލާށެވެ. ދެން ފުށް އަދި ކިރު ޖޯޑު އެޅުމަށްފަހު ރަނގަޅަށް އެއްކުރަމުން އެސެންސްވެސް އަޅާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާފައި ހޫނުވެލީމަ ކުޑަ މާޖިރިންކޮޅެއްލާފައި ތުނިކޮށް ފޮޅިއަޅާފައި ރޯފިލަންފެށީމަ ދޭފަތުން ރޯލެއްގޮތަށް އޮޅަމުން ގެންދާށެވެ.