English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ފުށްޖެހިކަވާބް ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

މަސްގަނޑު ތައްޔާރުކުރުމަށް:

3 ދަޅުމަސް

1 ގިޔެތޮމިރުސް

1/3 ޖޯޑު ހިކަނދިފަތް

3 ޖޯޑް އަލުވި ފެނުކައްކާފައި (ޗަސްކޮށްފައި)

1 ސަމްސާ އަސޭމިރުސް

1 ސަމްސާ އިނގުރު ގާނާފައި

3 ފިޔާ ކޮށާފައި

ލުނބޯހުތް (ރަހަލާވަރަށް)

ލޮނުކޮޅެއް

ފުށް ތައްޔާރުކުރުމަށް:

3 ޖޯޑް ފުށް

1 ބިސް

1 ސަމްސާ ލޮނު

1/2 ސަމްސާ ރީނދޫ

1 1/2 ސަމްސާ ބޭކިންގ ޕައުޑަރ

ފެން

ތެޔޮ ތެލުލުމަށް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތައްޓެގައި ފިޔާ، މިރުސް، އިނގުރު، އަސޭމިރުސް އަދި ލޮނުއަޅާފައި ރަނގަޅަށް މޮޑެލާށެވެ. ދެން މަސްއެޅުމަށްފަހު ރަނގަޅަށް މޮޑެވުމުން އަލުވި ވެސް އަޅާފައި ވަރަށް ރަނގަޅަށް މޮޑެލާށެވެ. ދެން ވަށްކޮށް ގުޅަޖަހާފައި ބަހައްޓާށެވެ.

ފުށްތައްޔާރުކުރުމަށް: ލޮނު، ރީނދޫ ބޭކިންޕައުޑަރ ބިސް އެޅުމަށްފަހު ފެންވެސް އަޅައިގެން އޮލަކޮށް ގިރާލާށެވެ. ތައްޔާރު ކުރި ފުށްގަނޑު ތެރެއަށް ފަހަރަކު ގުޅައެއް އެޅުމަށްފަހު އޭގެ ބެރުގައި ފުށް އުނގުޅުނީމަ ސަމްސަލަކުން ނަގާފައި ތެލަށް އަޅާފައި ތެލުލާށެވެ.