English Edition
Dhivehi Edition

މިހާރު ބެލުންތެރިން އެންމެ އިންތިޒާރުކުރަމުންދާ އަލީ އައްބާސް ޒަފަރުގެ ފިލްމު’ ބާރަތް’ގެ ޕްރޮމޯޝަން ހަރަކާތްތަކުގައި ސަލްމާން ހާން އާއި ކެޓްރީނާ ކައިފް  ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ އިރު މި ފިލްމުގެ ކޮންމެ ވާހަކައަކާއި ޕްރިޔަންކާ ޗޯޕްރާގެ ނަމާއި ވަނީ ގުޅިފައެވެ.

މި ފިލްމުގެ ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ހަމަޖެއްސި ޕްރިޔަންކާ ފިލްމު ދޫކޮށްލީ ނިކް އާއި ކައިވެނިކުރުމަށްޓަކައެވެ. ޕްރިޔަންކާ މި ފިލްމު ދޫކޮށްލުމުން ސަލްމާން ބުނެފައިވަނީ “މީހުން ފިލްމު ކުޅުމަށްޓަކައި އެމީހުންގެ ފިރިން ދޫކޮށްލާކަމަށާއި އެހެންނަމަވެސް ޕީސީ ނިކް އާއި ކައިވެނިކުރުމަށްޓަކައި ބާރަތް ދޫކޮށްލާފައިވާ’ ކަމަށެވެ. މީގެ އިތުރުން އެހެން އިންޓަވިއުއެއްގައި ސަލްމާން ބުނީ ‘ޝުކުރިއްޔާ ޕްރިޔަންކާ، ކެޓްރީނާގެ ހަޔާތުގައިވެސް ކުޅޭނެ އެންމެ ވަރުގަދަ ރޯލް ހޯދުމުގެ ފުރުސަތު ހޯދައިދިންކަމަށްޓަކައި’ މިހެންނެވެ.

އެންމެ ފަހުން ސަލްމާން ދިން އިންޓަވިއުގައި ބުނީ ޕްރިޔަންކާ ނިކް އާއި ކައިވެނި ކުރުމަށްޓަކައި ބާރަތް ދޫކޮށްލިނަމަވެސް މި ފިލްމުގެ ސްކްރިޕްޓް އޭނާއަށް ވެސް ވަރަށް ކަމުދާކަމަށެވެ.އެހެންކަމުން މި ފިލްމު ޕްރޮމޯޓްކޮށް ދިނުމަށްޓަކައި ޕްރިޔަންކާއަށްވެސް މަސައްކަތްކުރެވޭނެ ކަމަށް ސަލްމާންވަނީ ބުނެފައެވެ.

ބާރަތްގައި ސަލްމާން އުމުރުން 17 އަހަރުން ފެށިގެން 60 އަހަރުވެފައިވާ މުސްކުޅި މީހެއްގެ ރޯލުން ފެނިގެންދާއިރު މި ފިލްމުގައި ފަސް ސިފައަކަށް އޭނާ ފެނިގެންދާނެއެވެ.

ޓެގު