English Edition
Dhivehi Edition

ދިރާގުގެ “ޑިޖިޓަލް ރާއްޖެ” އިނީޝިއޭޓިވްގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓުތައް ދޫކުރަން ފަށައިފި އެވެ.

ޕާކުތަކުގައި ވައިފައި ހޮޓްސްޕޮޓުތައް ގާއިމްކޮށް އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރަސްރަނި ބަގީޗާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދެވެ.

މި ހަފްލާގައި ވާހަކަދައްކަމުން އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިރާގުން ދޭ އިންޓަނެޓުގެ ހިދުމަތުގެ ކޮލެޓީ ރަނގަޅުކޮށް ހިދުމަތް ވީހާވެސް ފަސޭހައިން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. މީގެ އިތުރުން މި ހިދުމަތް ތައާރަފްކުރުމުގެ ބޭނުމަކީ އިންޓަނެޓަކީ މިއަދު އެއާ ނުލައި އުޅެން އުނދަގޫ ހިދުމަތަކަށްވާތީ އަދި ކޮންމެ ތަނަކަށް ކޮންމެ ހާލަތެއްގައި ވެސް އިންޓަނެޓުގެ ބޭނުން ޖެހިދާނެތީ އެ ހިދުމަތް ފަސޭހައިން އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުންކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.މި ހިދުމަތް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަން އިސްމާއިލް ރަޝީދު ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި މާލޭގެ މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް ގުޅިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި ސްކޫލްތަކުގައި އުޅޭ ކުދިންވެސް ފީލްޑް ޓްރިޕްތަކުގައި ޕާކުތަކަށް ގޮސް މި ހިދުމަތުގެ ބޭނުން ކުރަންޖެހޭ ކަމަށެވެ

މި ހިދުމަތް ހޯދަން ވައިފައި އަށް ފިތާލުމުން، ދިރާގުގެ ލޯޑިންގް ޕޭޖު ހުޅުވޭނެ އެވެ. އަދި އެ ޕޭޖުގައި ފޯނު ނަންބަރު ޖެއްސެއްވުމަށްފަހު ދިރާގުގެ “އޯޓީޕީ ކޯޑް” ލިބުމުން އަމިއްލައަށް ވައުޗާ ކޯޑް އެންޓާ ވާނެ އެވެ.

ޕާކުތަކުގައި ވައިފައި ލިބޭނެ ގޮތް ދިރާގުން ހަމަޖައްސާފައިވާއިރު މި ހިދުމަތް ހިލޭ ދޫކުރަނީ ވައިފައި ކަނެކްޓްވާ ފުރަތަމަ 30 މިނެޓަށެވެ. އޭގެ ފަހުން އިތުރު ކުރަން ބޭނުން ކަމަށް ވާނަމަ ޖެހެނީ އެޑް އޮންސް ނަގާށެވެ.

 

 

 

 

ޓެގު