Kuruvaahaka: Alhu anbimeehaa -2 - AO News Kuruvaahaka: Alhu anbimeehaa -2

ކޮވިޑް 19ކަވަރޭޖް

6,573,568CONFIRMED
3,170,532RECOVERED
3,014,995ACTIVE
388,041DEATHS
1850CONFIRMED
644RECOVERED
1199ACTIVE
7DEATHS
ކުރުވާހަކަ: އަޅު އަނބިމީހާ-2
1 އަހރު ކުރިން

ހައިރާންކަމާއެކު އަހަރެން ވަށައިގެން ހޯދާލީމެވެ. މަންމަ ނުވަތަ ބައްޕަ ވިޔަސް ފެނޭތޯއެވެ.

Advt

Advertisement

ކުއްލިއަކަށް މީހުންގަނޑުގެ ތެރެއިން ފުރޭނިގެން އައިސް އަހަރެންގެ ގައިގައި ބައްދައިގަތީ ބޮޑުބޭބެގެ އަންހެނުން ސައިނާދައްތައެވެ. އެއީ ކުޑައިރުއްސުރެންފެށިގެންވެސް އަހަރެމެންނާ އެހާ ގާތް ބައެއް ނޫނެވެ. ލޭގެ ތިމާގެ ކަން އޮތްކަމުގައި ވިޔަސް އެކުވެރިކަމާއި އެކުވަންތަ ގުޅުމެއް ނޯވެއެވެ. ސައިނާދައްތަ އެގޮތަށް އައިސް އަހަރެންގެ ގައިގައި ބައްދައިގަތުމުން އަހަރެންގެ ހައިރާންކަން އިތުރަށް ބޮޑުވީއެވެ.

“ސައިނާއްތާ..ކިހިނެއްވެގެން މިއުޅެނީ. ކީއްވެ އެންމެން މިގޭގައި މިތިބީ؟” ކަންބޮޑުވެފައި ހުރި އަހަންނަށް އަހާލެވުނެވެ.

“ރޫބީ. ހިތްވަރުގަދަކުރޭ. މަންމައާއި ބައްޕައަށް ހެޔޮ ދުއާކުރޭ…ދާދި ދެންމެ ހިނގި މަގުމަތީގެ ކާރު އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ….” ސައިނާ ދައްތަގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު ވެގެން އުޅޭގޮތުގެ މަންޒަރު އަހަންނަށް ތަފްސީލުވާންފެށިއެވެ. އަދި ދެން ވާން އުޅޭ ގޮތްވެސް އަހަންނަށް އިޙްސާސްވިއެވެ.

“މަންމާ..!ބައްޕާ..!” އަޑުގައި ނެތްތަނަށް ހަޅޭލަވަމުން އަހަންނަށް ދުއްވައިގަނެވުނުކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ހަމައަކަށް އެޅި ތަންދޮރު އެނގޭވަރުވީއިރު އަހަރެންގެ އުފާވެރި ދުނިޔެ އޮތީ ވީރާނާވެ ޖަންގައްޔަަކަށް ވެފައެވެ. އުފާވެރިކަމާއި މަޖަލާއި ހީނ އުޅުމަކީ އަހަރެން ހަނދާން ހުރި އެއްޗެއް ހެނެއްވެސް ހިއްޔެއްނުވެއެވެ. މަންމައާއި ބައްޕަގެ ލޮބުވެތި ފިރުމުންތަކާއި އަޅާލުމާއި ލޯބިވެތިބަސްތައް ހަނދާންވެ ރޮއި ރޮއި ދެލޯ ފާރުވެ ނިމިއްޖެއެވެ.

އަހަރެންގެ ހާލަތު ހުރިގޮތުން ކަމަށް ބުނެ ބޮޑުބޭބެ އާއި ސައިނާދައްތަ އަދި އެމީހުންގެ އަންހެންދަރިފުޅު ލިއުޝާ އަހަރެމެންގެ ގެއަށް ބަދަލުވިއެވެ. އަހަންނަކީ އަދި ކުޑަކުއްޖަކަށް ވުމާއެކު އަހަންނަށް ބަލަދުއަރާ މީހަކަށް ހުރީ ބޮޑުބޭބެ ކަމަށްވުމުންނެވެ. ބައްޕަގެ ވިޔަފާރިއާއި ގެއާއި އަދި އަހަރެން ބޮޑުބޭބެގެ ފުރިހަމަ ބެލުމުގެ ދަށަށް ދިޔައީއެވެ.

ފުރަތަމަ ކޮޅު އެމީހުން އަހަންނަށް ވަރަށް ހެވެ. އެހެނަސް އެކަން ދެމިއޮތީ އެހެންމީހުންގެ ހިތްތަކުން މަންމަމެންގެ ހިތާމަވެރި ނިމުން އައިގޮތުގެ އެހާދިސާ ހަނދާން ނެތެން ދެނެވެ. މީހުން އެވާހަކަ ދައްކައި އަހަންނަށް ވަމުން އައި ހަމްދަރުދީ ހުއްޓާލަން ދެނެވެ. ފުރިހަމަ ތިން މަސް ނުވަނީސް ގޭތެރޭގެ ހާލަތު ބަދަލުވީއެވެ. ގޭގެ ރާނީގެ މަގާމުން ގޭގެ ނޯކަރަށް އަހަރެން ބަދަލުވީއެވެ. މަންމައާއި ބައްޕަގެ ކޮޓަރި ބޮޑުބޭބެއާއި ސައިނާދައްތަ ނެގިހެން އަހަރެންގެ އަމިއްލަ ކޮޓަރި ލިއުޝާ އަށް ދޭން ޖެހުނީއެވެ. ލިއުޝާ އަހަންނަށް ވުރެ ދޮށީ އެންމެ ދެއަހަރެވެ. އެހެންކަމުން ބޮޑު ކޮޓަރިއެއް ބޭނުންވާނީ ބޮޑު ކުއްޖާއަށް ކަމަށް ބުނެ އަހަރެންގެ އަމިއްލަ ކޮޓަރިން އަހަރެން ބޭރުކޮށް ގޭގައި ހުރި ކުޑަކޮޓަރިގަނޑަކަށް އަހަރެން ބަދަލުކޮށްލީއެވެ. އަހަންނަކަށް އިދިކޮޅު ހަދައި އަޑުއުފުލާކަށް ނުކުރުނެވެ. ހިތާހިތުން ކިތަންމެ ހާސަރުތަކެއް ދެމި ކަމުގައި ވިނަމަވެސް މޭގައި ހިލަ ބަނދެގެން ހުރެ އެމީހުން ބުނި ގޮތަކަށް ކަންތައްތައް ކުރީއެވެ.

ކުރީކޮޅު ސައިނާ ދައްތައާއި ލިއުޝާ އަހަންނާ ލޯބިން ވާހަކަ ދެއްކިޔަސް މިހާރު އަހަންނަކީ އެމީހުންނަށް ހުރި ބޮޑު އުދަގުލަކަށް އޮތީ ވެފައެވެ. ލިއުޝާއަހަރެން ދެކެ އެންމެ ރުޅިއަންނަ އެއްސަބަބަކީ އޭނާއަށް ވުރެ އަހަރެން ރީތިވުން ކަމުގައި އެތަކެއްފަހަރު ބުނެފިއެވެ. އެއްދުވަހަކު އައި ރުޅީގައި އަހަރެންގެ ފަން ދިގު އިސްތަށިގަނޑުގައި ހިފައި ލިއުޝާ ހިތުހުރި ގޮތަކަށް އިސްތަށިގަނޑު ބުރިކޮށްލިއެވެ. ބަދަލުގައި ސައިނާ ދައްތަ ދިނީ ހިތްވަރެވެ. ބޮޑުބޭބެ ބުނެލިހައިވެސް އެއްޗަކީ ތިކަހަލަ ސަމާސާކުރާކަށް ނުވާނެ ކަމަށެވެ. އެހާ ހިސާބުން އެކަން ނިމުނީއެވެ. ހިތުގައި ޖެހުނީ އަހަންނެވެ. އަހަރެންގެ ބޮލުން ބުރިކޮށްލި ދިގު އިސްތަށިގަނޑުގެ ބައިތައް އުނގުމަތީގައި ބަހައްޓައިގެން ކޮޓަރީގެ ކަނެއްގައި ރޯން އަހަންނަށް އިނދެވުނީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. އެއިސްތަށިގަނޑަކީ މަންމަ އެންމެ ލޯބިވާ އެކައްޗެވެ. ދުވާލަކު ގޮތަކަށް އަހަރެންގެ ދިގު އިސްތަށިގަނޑު ޑިޒައިންކޮށް ރީތިކޮށްދިނުމަކީ މަންމަ ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެނަސް…މަންމަގެ ވަކިވުމާއެކު ހުރިހާ ކަމެއް ބަދަލުވީއެވެ…! ބައެއްފަހަރު ހިތަށް އަރައެވެ. އެކްސިޑެންޓްވީ ކާރުގައި އަހަންނަށް ވެސް އިނދެވުނު ނަމައެވެ..!

އެހެން ހާދިސާއެކެވެ. އަހަރެން ބަދިގެ ތެރޭގައި މަސައްކަތެއްގައި ހުއްޓާ ލިއުޝާ އައިސް އަހަރެންގެ ދެކޮނޑުގައި ބާރަށް ހިފަމުންގޮސް ފާރުގައި ޖައްސާ ތަތްކޮށްލިއެވެ.

“އައްދޯއި..ތަދުވޭ…” ރޮމުން އަހަންނަށް ބުނެލެވުނެވެ.

“ތަދުކުރާށޭ މިއުޅެނީ..ކަލޭ ކީއްވެ އަހަރެންގެ ބޯއިފްރެންޑުން އަންނަ ވަގުތުތަކުގައި އެމީހުންނަށް ތުއި ދެއްކެން ބޭރަށް ނިކުންނަނީ” ދެލޯ ބޮޑުކޮށްލަމުން ލިއުޝާ ހަޅޭލަވައިގަތެވެ. ވެގެން އުޅޭގޮތް އަދިވެސް އަހަންނަކަށް ނޭނގެއެވެ.

“ދޫނީ. ކިހިނެއްވެގެން ތިއުޅެނީ. މިއަދު ހާދަގަދަ ރުޅިއެއް އައިސްގެން ތިއުޅެނީ. ކިހިނެއްވީ؟” ލިއުޝާގެ ވަކިތަކުން އަހަރެން ސަލާމަތް ކުރުމުގެ ބަދަލުގައި ސައިނާދައްތަ ދުރުގައި ހުރެގެން ގޮވާލިއެވެ.

“މިއަދު މީނަ މަރާލާނަން. މިއީ އަހަންނަށް ހުރި ބޮޑު ދުއްޕާނެއް!. އިއްޔެ މިތަނަށް އިއްސެ އައީމަ މީނަ ވޭތަ އިއްސެގެ ކުރިމައްޗަށް އަންނަން. މީނަ ފެނިފަ އިއްސެ ބުނީ ތިމަންނައަށް ރީތީ ކަލޭގެ ކޮއްކޮއޭ. ކޮންމެ ފަހަރަކު މީނައަކާ ހެދި މަގޭ ބޯއިފްރެންޑްސް މަ ދޫކޮށް ދަނީ” އަހަރެންގެ ކަރުގައި ބާރަށް ހިފަމުން ލިއުޝާ ހަޅޭލަވަމުން ދިޔައެވެ.

ނޭވާހާސްވެ ތެޅެމުން ފޮޅެމުން ދިޔަ ވަގުތު ބޮޑުބޭބެގެ އަމުރުވެރި އަޑު އަހަންނަށް އިވުނެވެ.

“ލިއުޝާ! ކީއްތިކުރަނީ! ތިކަން ވަގުތުން ހުއްޓާލާ” ބޮޑުބޭބެގެ އަޑަށް އަހަރެންގެ ކަރުގައި ހިފަހައްޓާފައިވާ ލިއުޝާގެ އަތަށް ދޫކަމެއް އައެވެ. އަދި މަޑުމަޑުން އަހަރެން ދޫކޮށް ދުރައްދިޔައެވެ.

“ބައްޕާ..މިހާރު ބައްޕަވެސް އޭނަ ސައިޑަށް ޖެހުނީތަ؟” ޅަ ވެލަމުން ލިއުޝާގޮސް ބައްޕަގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ.

“ރޫބީ. މިރޭ އެބަޖެހޭ ޕާޓީއަކަށް ދާން. ލިއުޝާގެ އަތުުން ރީތި ހެދުމެއް ހޯދައިގެން ރީތިވެގެން ތައްޔާރުވާތި. މިއީ އަހަރެމެންގެ ވިޔަފާރީގައި މުހިއްމު ރެއެއް. ރޫބީ އަކީ މި ވިޔަފާރީގެ ވެރިއާއެއްނު” ބޮޑުބޭބެ އަޑުން އަހަންނަށް އިހްސާސް ކުރެވުނީ މަކަރުވެރިކަމެވެ. ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ހިންގުމަށް އަހަރެންގެ ބޭނުންކުރަން އުޅޭ ކަމެވެ.

މަންމަޔާއި ބައްޕަ ނިޔާވި ހާދިސާއަށް ދެއަހަރު ފުރެން ހަމަ އެންމެ ހަފްތާއަކަށް ވެފައިވާ އިރު އަދި އަހަރެންގެ އުމުރުންވެސް  18 އަހަރު ފުރެން ގާތްވުމާއެކު އެހާހިސާބުން މި ވިޔަފާރީގެ ބަލަދުވެރިޔާކަމަށް އަހަރެން ވެގެން ދާނެ ކަަން ބޮޑުބޭބެމެންނަށް އެނގެއެވެ. އެކަމަށްޓަކައި ޖަހަން ޖެހޭނެ ހުރިހާ މަކަރުވެރި މަޅިއެއް އެމީހުން ޖަހާނެކަން ވެސް އަހަންނަށް ދުވާލުގެ އިރުހެން އަހަންނަށް ސާފުވެ އެނގެއެވެ. އަމިއްލަ ފައިމައްޗަށް އަހަންނަށް ތެދުވެވޭ ހިސާބުން ފެށިގެން އެމީހުންގެ ބާރު އަހަރެންގެ މައްޗަކަށް ނުހިނގާނެ ކަންވެސް އެމީހުންނަށް އެނގޭނެއެވެ. މިހާރު މިގޮތަށް މަޑުމަޑުން ހުރިނަމަވެސް އެހިސާބުން ފެށިގެން އަހަރެންވެސް އެހެން ނުހުންނާނެކަން އެމީހުން ރަނގަޅަށް ދަންނާނެއެވެ.

މިރޭގެ ޕާޓީއަކީ މިފަދައިން ޖަހާ އެއް މަޅިކަމަށް ވުމީ ޔަގީން ކަމެއްކަން އަހަންނަށް ވިސްނުނެވެ. އަދި އަމުދަކުން ޕާޓީގައި އަހަރެން އަޅަންޖެހޭ ނިވާކަން ބޮޑު ހެދުމުގައި ގިނަ ބައެއްގެ ކުރިމައްޗަށް އަހަރެން ނެރެން އުޅޭކަމީ އެމީހުން ކުޅޭ ކުޅިވަރުގެ ބައެއްކަން ވެސް އަހަންނަށް ގަބޫލުކުރެވުނެވެ.

އަހަރެން ތައްޔާރުވީ ހިތާ ދެކޮޅަށެވެ. ސައިނާ ދައްތަ އައިސް ގަދަކަމުން އަހަރެންގެ މޫނުގައި އެކިވައްތަރުގެ ކުލަ އުނގުޅައި މޭކަޕްކޮށްދިނެވެ. ޕާޓީތަކަށް ދާންޖެހޭނީ ރީތިވެގެން ކަމަށް ބުނެއެވެ. މަށީގެ ބުދެއްފަދައިން އެމީހުން ހެދިގޮތެއް ހެދިގެން އަހަރެން އިނީއެވެ.

ހޮޓެލް ޖެންގައި އޮތް އެޕާޓީ ނުހަނު ފުރިހަމައެވެ. މާލޭގެ ނަން މަޝްހޫރު މުއްސަނދި ވިޔަފާރިވެރިން އެތަނުގައި ތިއްބެވެ. ބައެއް މީހުންނަކީ ބައްޕަގެ ރައްޓެހިން ކަމުން އަހަންނަށް އެމީހުން ވަކިކުރަން އެނގުނެވެ. އެތަނުން ބައެއް މީހުން އައިސް އަހަންނާ ވާހަކަ ދައްކައި ހާލު އަހުވާލު އޮޅުން ފިލުވިއެވެ. ނަމަވެސް އަހަންނަށް ހުރެވުނީ ވަރަށް އުނދަގޫވެފައެވެ. ކަކުލުން ތިރި ނިވާނުވާ ކުރު ސްކާޓަކާއި ތުނިތުނި ހުދުކުލައިގެ ގަމީސްކޮޅުން އަހަރެންގެ ވަނާތައް ހާމައަށް ފެންނާން ހުރުމުން އެކަމާ އަހަރެން ލަދުގަތެވެ. ލިއުޝާއަށް މިކަހަލަ ހެދުން ރީތިވިއަސް އަހަންނަކަށް މިއީ ރީތި ވައްތަރެއް ނޫނެވެ. މިހެދުމުގައި އަހަރެން ހުންނައި އިރު ވަށައިގެން ތިބި ގިނަ ފިރިހެނުންގެ ލޯ އަހަންނަށް އަމާޒުވެފައިވާ ކަމުގައި އަހަންނަށް ހީކުރެވުނެވެ.

ޕާޓީއަށް އަހަރެން އައީ ބޮޑުބޭބެގެ އާއިލާއާއި އެކު ކަމަށް ވިޔަސް ހޯލަށް އައިސް ވަނުމާއެކު އެކި މީހުން އެކިތަނަށް ގޮސް ގެއްލިއްޖެއެވެ. އަހަރެން އެކަނިވެރިވިއެވެ. ވާހަކަ ދައްކައި ހަދާލާނެ ދެކިފަރިތަ މީހަކު ނެތުމުންނެވެ. އެހެންކަމުން ޖޫސްތައްޓެއް ހިފައިގެން މަޑުމަޑުން އެނބުރިއެނބުރި އަހަރެން ހުރީއެވެ.

ކުއްލިއަކަށް އަހަރެންގެ އުސް ފައިވާނުގެ ކަށިން މީހެއްގެ ބޫޓަށް އެރުނެވެ. އެއާއެކު އެމީހަކު ތެޅިގަތެވެ.

“ސޮރީ ސޮރީ…” ކަންބޮޑުވެފައި އަހަންނަށް ބަލާލެވުނެވެ. އެވަގުތު ކުރިމަތީގައި ފެންނަން ހުރި ރީތި ޒުވާން ފިރިހެންމީހާގެ ފެނިފައި އަހަރެންގެ އަތްފައި ފިނިވިއެވެ.

“އިޓްސް އޯކޭ..” ސަޅި ހިނިތުން ވެލުމަކުން އަހަންނަށް ބަލާލަމުން އޭނަ އަހަންނާ ކާރިވެލިއެވެ.

“ތިހާ ރީތި އަންހެން ކުއްޖަކަށް އެހާކުޑަކުޑަ ކަމެއް ކުރެވިގެން ސޮރީ ބުނާކަށް ނުޖެހޭނެ. ” އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ދަހިވެތި ނަޒަރަކުން ބަލަމުން އޭނާ ބުންޏެވެ.

“ތޭންކްސް” އޭނަގެ ނަޒަރުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން އަހަރެން ދުރަށް ބަލަން ފެށީމެވެ.

“އުހުން..އަދި ތިހާ ވަރަކުން ނުނިމޭނެ. ޕާޓީގައި އަހަރެން ތިކުއްޖާ އާއެކު ނަށާލަން ބޭނުން” ހުއްދައެއް ހޯދުމެއް ނެތި އަހަރެންގެ އުނގަނޑުގައި އޭނަގެ ދެއަތުން ވަށާލަމުން އޭނަ އާއި ގާތަށް އަހަރެން ދަމާލިއެވެ.

“ނޫން. އަހަންނަކީ ނަށަން އެނގޭ މީހެއް ނޫން. އަހަންނަކީ ތިހީކުރާ ކަހަލަ މީހެއްވެސް ނޫން” ބިރުން ހުރެ އަހަރެން ވަށައިގެން ހޯދާލީމެވެ. އެއްވެސް މީހަކު މިދިމާއަށް ބަލާތޯއެވެ. އެހެނަސް އެންމެން ތިބީ އެމީހެއްގެ މަޖަލުގައި މަޝްއޫލުވެގެންނެވެ. މިތަނުން އަހަރެން ސަލާމަތްކޮށްދޭނެ އެއްވެސް މީހަކު އަހަންނަކަށް ދުރުދުރުން ވެސް ފެންނާކަށް ނެތެވެ.

“ބޭނުމިއްޔާ އަހަރެންގެ ރޫމަށް ވެސް ދެވިދާނެ…އަހަންނަށް ތިކުއްޖާ ވަރަށް ރީތި..ތިޔަ ޒުވާންކަން…އަދި ތިޔަ ރީތި ކަން…” އޭނަގެ ހަށިގަނޑު އަހަންނާ ގާތްކުރަން އުޅޭހެން އަހަންނަށް ހީވިއެވެ. މިއީ އަދި ހީކުރިވަރަށް ވުރެ މާ ނުރައްކާ ކަމެއްކަން އަހަރެންގެ ހަވަނަ ހިއްސު އަހަންނަށް ވިސްނައިދިނެވެ. އަންހެނުންނާ މެދު މިފިރިހެން ވެރިން ހީކުރާ ގޮތްތާއެވެ. އެމީހުންނަށް ނޭނގޭ އެއްޗަކީ ކޮންމެ ކޮންމެ އަންހެނަކީ އެމީހުން ބޭނުންހާ ގޮތަކަށް ނެއްޓޭނެ ބުދުތަކެއް ނޫންކަމެވެ.

އެވަގުތު އަތަށް ލެވުނުހައި ބާރަކާ އެކު އަހަރެން އޭނަގެ މޫނުމަތީގައި ބާރަށް ޖެހީމެވެ.

“އައުޗް!!؟؟؟” ހައިރާން ކަމާއި ރުޅިވެރިކަން އެކުލެވޭ ދެ ލޮލަކުން އަހަންނަށް ބަލާލަމުން އޭނާ މޫނުގައި ފިރުމާލިއެވެ.

“ހަނދާން ކުރާތި. މި އެތިފަހަރުގެ އަގު ކަލޭ އަދާކުރަން ޖެހޭނެ. އަހަންނަކީ އަދި ކާކުކަން ކަލެއަށް ނޭނގެނީހެން ހީވަނީ” ބިރުވެރިރާގަކަށް އަހަންނަށް އިންޒާރުދެމުން އޭނާ ބުންޏެވެ.

“ލިއަމް..ކިހިނެއްވީ؟؟؟ މީހުންގަނޑުގެ ތެރެއިން ބޮޑުބޭބެ އެދިމާއަށް އަންނަތަން ފެނުނެވެ.

ދެފަޔަށް ލެވުނުހައި ބާރަށް ލާފައި އަހަރެން ދުއްވައިގަތީ ބޭރަށް ނިކުންނާށެވެ. ޕާޓީގައި އަހަރެން ކުރި ކުށުގެ ސަޒާ ގެއަށް ދިއުމުން ލިބޭނެކަން އަހަންނަށް އެނގެއެވެ. އެހެނަސް އެވަގުތު އަހަންނަށް އެނޫން ގޮތެއް ނެތީއެވެ. އަމިއްލަ ނަފުސުގެ އަގަށް ވުރެ ވަކި އަގުބޮޑު އެއްޗަކީ ކޮބައިހެއްޔެވެ.

ހޮޓަލުން ބޭރަށް ނިކުމެ ބާރު ހިނގުމެއްގައި އަހަރެން ގެއާ ދިމާއަށް މިސްރާބު ޖެހީމެވެ.

(ނުނިމޭ)