English Edition
Dhivehi Edition

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފޮޓޯ މުބާރާތެއް އިއުލާން ކޮށްފި އެވެ.

“އީދު ކިހިނެއް؟” ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ޖޫން 4-6 އަށެވެ. ކަލަންޑަރުގައި އީދު ކަމަށް މިހާރު ކަނޑައަޅާފައި ވަނީ ޖޫން 4 އެވެ.

މި މުބާރާތުގައި ބައިވެރިިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވައި އެއިން ކޮންމެ މީހަކަށް 5،000ރ ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އީދުގެ އުފާވެރިކަން ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި #އީދުކިހިނެއް ޖެހުމަށް ފަހު ޝެއާކުރުމުން ބައިވެވޭނެއެވެ.