English Edition
Dhivehi Edition

ރިސޯޓް ޕްރޮޖެކްޓަކަށް ހުއްދަ ދޫކޮށްފައިވާ، ރާއްޖެއިން ބޭރުގެ ކޮޅުވެއްޓިއަކަށް ރުއް ބަރުކުރާ ކަމުގެ މައުލޫމާތު ކަސްޓަަމްސްއަށް ލިބުމާއެކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލ.ގަމުން ރުއް ބަރުކުރާ ކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް މިއަދު ލިބުނު ކަމަށާއި މި މައްސަލަ އިތުރަށް ބެލިބެލުމުން މިއުޅަނދަށް ރުއްބަރުކުރަނީ ލ.ގަން ކައުންސިލުން ހުއްދަދީގެން ކަން އެނގިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އެ މައްސަލަ އެންވައަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އިތުރަށް ބަލަމުން ދާކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ވެލި ބަރުކޮށްގެން ހުވަދޫ އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ މައްސަލަ ކަސްޓަމްސް އިން ކޯސްޓްގާރޑްއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ދަނީ ބަލަމުންނެވެ.