English Edition
Dhivehi Edition

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓު ގުނުން އިއްޔެ ނިމިފައިވާއިރު ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ލީޑަރު ނަރެންދުރަ މޯދީ  މިވަނީ އަނެއްކާވެސް ދެވަނަ ދައުރަކަށް އިންތިހާބުވެފައެވެ. މޯދީގެ މި ތާރީހީ ކާމިޔާބީ އާއި އެކު ގިނަ ބަޔަކު އެ ޕާޓީގެ މެމްބަރުންނަށް މަރުހަބާކިޔަމުންދާއިރު  އިންޑިއާ ޕާލިމަންޓުގެ ތިރިގެ “ލޯކް ސަބާ”އަށް ބީޖޭޕީގެ ފަރާތުން ވާދަކުރި ގިނަ ކެންޑިޑޭޓުންވަނީ އިންތިހާބުވެފައެވެ.

މި ގޮތުން މަޝްހޫރު ފިލްމީތަރި ސަނީ ޑިއޯލް (62) ހޯދި ކާމިޔާބީ އާއި އެކު ގިނަ ފިލްމީ ތަރިންނާއި އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ދަނީ މަރުހަބާކިޔާ އުފާ ފަޅުކުރަމުންނެވެ. ސަނީ ވާދަކުރީ ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި ޕަންޖާބްގެ ގުރުދާސްޕޫރަށެވެ.އެ ގޮނޑިއަށް 16 ކެންޑިޑޭޓުން ވާދަކުރިއެވެ. ސުނިލް ގުރުދާސްޕޫރްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް ސުނިލް ޖާކަރު އާއި ވާދަކޮށް  ވޯޓްލީ މީހުންގެ 54 ޕަސެންޓް ވޯޓާ އެކީގަ އެވެ. ސަނީ އަށް 191،239 ވޯޓް ލިބިފައިވާއިރު ސުނިލް އަށް ލިބުނީ 142،465 ވޯޓެވެ. މީ ވޯޓްލީ މީހުންގެ 40.2 އިންސައްތައެވެ.

ސިޔާސީ ދާއިރާ އަށް ނުކުމެ، ވާދަ ކުރި ފުރަތަމަ އިންތިހާބު ސަނީ ހޯދި ކާމިޔާބީ ފާހަގަކޮށް އަނިލް ކަޕޫރް ކޮށްފައިވާ ޓުވިޓެއްގައި ބުނީ ސަނީ އަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި މިއީ އާ ކަންތައްތަކެއްގެ ފެށުން ކަމަށެވެ. އަދި ސަނީއަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމުގައި އަނިލްވަނީ ބުނެފައެވެ. މީގެ އިތުރުން ވިވެކް، އީޝާ ޑިއޯލް ފަދަ ތަރިންވަނީ ސަނީގެ ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.