English Edition
Dhivehi Edition

ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫން ފުރައިގެން ހުޅުމީދުއަށް ދަތުރުކުރަމުންދާ ފެރީއަކުން ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ. މެއި 22 ވަނަ ދުވަހުގެ 22:05 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 24 އަހަރުގެ، މީދޫ ދެ މީހެކެވެ.

މިދެމީހުން ހުޅުމީދޫ ބަނދަރަށް ފޭބިވަގުތު އެސަރަޙައްދުން ފުލުހުން ފެނުމާއެކު، އެތަނުން އެކަކުގެ އަތުގައި އޮތް ސިނގިރެޓު ފޮއްޓެއް މޫދަށް އެއްލައިލުމުން ފުލުހުން އެ ނަގައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.