English Edition
Dhivehi Edition
Maldives Resorts

ފަތުރުވެރިންގެ މަޝްހޫރު އެއް މަންޒިލް ރޯޔަލް އައިލެންޑް ރިސޯޓުން މިއަހަރު ފިތުރު އީދާ ދިމާކޮށް ދިވެހިންނަށާއި، ރިސޯޓުގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެެވެ. އެ ރިސޯޓުން ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން ރިސޯޓްގެ ޑަބަލް ރޫމެއް ދުވާލަކަށް 2،464ރ. އަށް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ހިލޭ ކެއުން ހަމަޖެހޭއިރު ރިސޯޓުގައި ކުޅެވެން ހުރި ކުޅިވަރުތަކުގައި ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.

އެ ރިސޯޓުން ވިދާޅުވީ މިއީ ދެމީހުންގެ ޕެކޭޖެއް ކަމަށާއި ނަމަވެސް ޕެކޭޖަށް އަދި ދެމީހުން އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ދެއަހަރުން ދަށުގެ ކުއްޖަކު ގެންދާނަމަ އެކުއްޖާއަށް ހިލޭ ހުރެވޭނެ ކަމަށެވެ. އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ގެންދާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 599ރ. އިތުރަށް ނަގާނެ ކަމަށާއި އަދި ބޮޑު މީހަކު ގެންދާނަމަ 999ރ. އިތުރަށް ނެގޭނެ ކަމަށެވެ.

މީގެ އިތުރަށް މި ޕްރޮމޯޝަނުގެ ދަށުން ރިސޯޓަށް ދިއުމާއި އެނބުރި އައުމުގެ ދަތުރު ޚަރަދަށް ވެސް ލުއިގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް ރިސޯޓުން މައުލޫމާތު ދެއެވެ.

ރޯޔަލް އައިލެންޑް ރިސޯޓަކީ އަބަދުވެސް ބަންދުތަކާ ދިމާކޮށް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ދިވެހިންނަށް ޚާއްސަ ޕްރޮމޯޝަންތަކެއް ހިންގާ ރިސޯޓެކެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް ބޮޑުއީދު އަދި ކުޑައީދު ބަންދާއި، ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް ދިވެހިންނަށް ޚާއްސަކޮށްގެން މިފަދަ ޕްރޮމޯޝަންތައް ހިންގާފައިވެއެވެ.