English Edition
Dhivehi Edition

އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ މޯބައިލް އެޕްލިކޭޝަން، ވައިބާގެ ޕްރިމިއަމް ސްޓިކާ ޑައުންލޯޑް ކުރުމަށް ހާއްސަ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި އެވެ.

ފަސޭހަކަމާއި އެކު ބޭނުން ކޮންމެ ވައިބަރ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރުމަށް މަގުފަހިކޮށްދީފައިވާއިރު, މަހަކު 19ރ. ދެއްކުމުން ބޭނުން އަދަދަކަށް ވައިބާގެ ސްޓިކާ ޕެކްތައް ގަނެ ލެވޭނެ އެވެ.

މި ޚިދުމަތް އެކްޓިވޭޓް ކޮށްލުމުން ވައިބަރގެ ސްޓިކާ މާރކެޓްގައި ހިމެނޭ އެތައްހާސް ސްޓިކަރތައް ދިރާގު ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާނުލައި ބޭނުންކުރެވޭނެއެވެ. އޭގެ ތެރޭގައި މާވެލް، ޑިސްނީ އަދި ކާޓޫންނެޓްވޯކް ގެ ސްޓިކާތައްވެސް ހިމެނޭނެއެވެ.

މި ސްޓިކާ ޕެކޭޖް އެކްޓިވޭޓް ކުރުމަށް ވައިބާ ސްޓިކާ ޕޯޓަލް އަށް ވަދެ އޭގައިވާ އިރުޝާދާ އެއްގޮތައް ކަންތައް ކުރުމުން އެކްޓިވޭޓް ކުރެވޭނެ އެވެ. މި ޕެކޭޖަކީ ކޮންމެ މަހަކު ސަބްސްކްރައިބް ކުރަން ޖެހޭ ޕެކޭޖަކަށް ވާއިރު ބޭނުން ކޮންމެ އިރެއްގައި އަންސަބްސްކްރައިބް ވެސް ކުރެވޭނެ އެވެ.

އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ޚިދުމަތް ހޯއްދެވުމަށް ތިރީގައިވާ ލިންކަށް ކްލިކް ކޮށްލެއްވުމުން ވައިބަރގެ ސްޓިކަރ މާރކެޓުން ބޭނުން ވަރަކަށް ސްޓިކަރ ޑައުންލޯޑް ކުރެވޭނެއެވެ.

ދިރާގު ސްޓިކާރ ސެޓް ސަބްސްކްރައިބް ކުރެއްވުމަށް މިލިންކަށް ކްލިކް ކޮށްލައްވާ!

ވައިބަރ އަކީ ޢާއިލާއާއި ރައްޓެހިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދިވެހިންގެ އެކި އުމުރުފުރާގެ މީހުންގެ ތެރޭގައި ވަރަށް މަޤުބޫލު އެޕެކެވެ.