English Edition
Dhivehi Edition
Geneva, SWITZERLAND: Maldives Foreign Minister Abdulla Shahid delivers a speech in front of a screen showing the entrance of the Maldives embassy in the virtual reality of web-based Second Life after its opening ceremony 22 May 2007 in Geneva. The Maldives on Tuesday became the first country to open an embassy in the virtual reality of web-based Second Life, a fantasy world inhabited by computer-generated residents. The embassy is located in the "Diplomatic Quarter" of Second Life, and visitors will be able to talk to a virtual diplomat about visas, trade and other issues. AFP PHOTO / FABRICE COFFRINI (Photo credit should read FABRICE COFFRINI/AFP/Getty Images)

އަވައްޓެރި ސްރީލަންކާ ގައި ތިބި ބައެއް ދިވެހީންގެ ވިސާ އާނުކުރާތާ ހަތަރު ފަސްއަހަރުގެ ވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުލުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ވިސާގެ މައްސަލަ ލަންކާގައި ބޮޑުވެފައި މިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ގައުމަށް ދިން ނިރުބަވެރި ހަމަލާތަކަށް ފަހުގައެވެ.

“ވަރަށް ގިނަ ދިވެހިން އެބަތިބި ވިސާ ނެތި. އަނެއްކާ ދެ ދުވަސް ތިން ދުވަހެއް ނޫން އިނގޭތޯ؟ ހަތަރު ފަސް އަހަރު [ވިސާ އާނުކޮށް] އެބަ ތިބި މީހުން. އެބަ ތިބި [ދިވެހި] ޕާސްޕޯޓް އުވިފަ ތިބި މީހުން ވެސް. ޕާސްޕޯޓުން މުއްދަތު ހަމަވެފަ…” ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވީ ސްރީލަންކާގައި ދާދި ފަހުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގައި ތިބި އެހެން ގައުމުތަކުގެ ހުރިހާ މީހުން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު ލަންކާގެ ސަރުކާރާއި ވާހަކަ ދައްކައިގެން ވިސާގެ ކަންކަން ފަސޭހަ ކުރެވޭނެގޮތް ހަމަޖައްސަވަމުން ގެންދާ ކަމަށެވެ.