އިމްރާން ޚާން އާއި އަވަންތިކާ ވަރިވަނީ
4 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

ބޮލީވުޑްގެ ތަރި އިމްރާންހާން އާއި އޭނަގެ އަނބިމީހާ އަވަންތިކާ އާދެމެދު މައްސަލަތަކެއް ޖެހި ވަރިވާން އުޅޭކަމަށް އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިމްރާންގެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް މީގެކުރިންވެސް ވާހަކަތައް ދެއްކުނުނަމަވެސް އޭރު އަވަންތިކާގެ މަންމަވަނީ އެކަންދޮގުކޮށްފައެވެ. އެހެން ނަމަވެސް މިހާރު އަވަންތިކާގެ މަންމަ މިމައްސަލައާއި ބެހޭގޮތުން އެއްވެސް ވާހަކައެއްނުދައްކާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އަދި ބައެއްމީޑިއާ ތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި އަވަންތިކާގެ އިންސްޓަގްރާމުންވެސް ވަނީ އިމްރާންގެ ނަންކަނޑާފައި “އަވަންތިކާ މަލިކް” އަށް ނަން ބަދަލުކޮށްފައެވެ.

Advt

Advertisement

އިމްރާންހާން ބޮލީވުޑަށް ނިކުތް އިރުވެސް އޭނަގެ ދުވަސްވީ ލޯބިވެރިޔާ އަވަންތިކާ މަލިކް  އާރައްޓެހިވެގެން އުޅުނީ ކޮލެޖް ދުވަސްވަރުން ފެށިގެން ނެވެ. އަދި  މިދެލޯބިވެރިން ކައިވެނީގެ ގޮށްޖަހާލީ 2011ވަނަ އަހަރުއެވެ. އަވަންތިކާއަކީ “ސީއެންބީސީ-ޓީވީ” ޗެނަލްގެ ސީއީއޯ ވަންދަނާ މަލިކްގެ ދަރިއެކެވެ.

މަޝްހޫރު ތަރި އާމިރްހާން އަށް ބޮޑުބޭބެ ކިޔާ އިމްރާންހާން ބޮލީވުޑަށް ނިކުތީ އޭނަ ވަރަށް ކުޑައިރު ގަޔާމަތްސޭ ގަޔާމަތް އިން 1988ވަނަ އަހަރުއެވެ.  އޭގެފަހުން 2008 ވަނައަހަރު ބޮލީވުޑްގެ ފިލްމެއްކަމަށްވާ “ޖާނޭތޫ ޔާޖާނޭނާ” އިން ބޮލީވުޑަށް ނިކުތެވެ.

އިމްރާންގެ ކައިވެންޏަށްފަހު ބޮލީވުޑުން ވަނީ ގެއްލިފައެވެ. އޭނަގެ ކެރިއާ ފެށުމާއެކީ ކައިވެނި ކުރިއިރުވެސް އެތައްބަޔަކު ދިޔައީ އޭނަގެ ކެރިއާ އެހާހިސާބުން ގެއްލުނީކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް އިމްރާން ވަނީ އޭނަގެ ބޮލީވުޑްގެ ކެރިއާ ނުނިންމާނެކަމަށާއި ޝާހުކުރުކް، ރިތިކްމެންފަދަ ތަރިންވެސް ކައިވެނިކޮށްގެން ތިބެ ފިލްމް ކުޅޭގޮތަށް އޭނައަށްވެސް އެކަންވާނެކަމަށް ފޭނުންކައިރީ ބުނެފައެވެ.

އުމުރުން 36 އަހަރުގެ އިމްރާންހާން އާއި އަވަންތިކާގެ ކައިވެންޏަށް 8 އަހަރަށްފަހު ވަރިވާން އުޅޭއިރު މިދެމީހުންނަށް ވަނީ އަންހެންދަރިއަކުވެސް ލިބިފައެވެ. ހަބަރުތައް ބުނާގޮތުގައި މިހާރު އަވަންތިކާވަނީ ދަރިފުޅުގޮވައިގެން އޭނަގެ މަންމަގެ ގެޔަށް ބަދަލުވެފައެވެ.

އިމްރާންހާން އެންމެފަހުން ފެނިފައިވަނީ 2015 ވަނަ އަހަހަރު ނިކުތް ބޮލީވުޑްގެ ފިލްމެއްކަމަށްވާ  “ކައްޓީ ބައްޓީ” އިންނެވެ.