English Edition
Dhivehi Edition

ސީރިއާގައި ދިވެއްސަކު ޖާނުންފިދާވެގެން ކާރު ބޮމުގެ ހަމަލާއެއް ދީފި ކަމަށް ބުނެ ފަތުރާފައިވާ ހަބަރަކީ ދޮގު ހަބަރެއްކަމުގައި ގިނަ ދިވެހިން ނިސްބަތްވާ ހަނގުރާމަވެރިންގެ ޖަމާޢަތް ތަހްރީރް އަލް-ޝާމް ޖަމާޢަތުން ބުނެފިއެވެ.

އެ ޖަމާއަތުން އެ ވާހަކަ ދޮގުކޮށް ނެރުނު ނޫސް ބަޔާނުގައި ބުނީ އެހަމަލާ ދިނީ ދިވެއްސެއް ނޫން ކަމަށެވެ. އެ ޖަމާއަތުން ނެރުނު ބަޔާނުގައި އެ ހަމަލާ ދިނީ “ދިވެހިރާއްޖެއަށް ނިސްބަތްވާ އަޚެއް ނޫން.” ކަމަށް ބުނެފައިވާއިރު ހަމަލާދިނީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން އެމީހުން ހާމަކޮށްފައެއް ނުވެއެވެ.

މި ޖަމާއާތުން އެ ހަބަރު ދޮގުކޮށް ބަޔާނެއް ނެރެފައިވާއިރު ސީރިއާގެ ނޫސްތަކުގައި ބުނެފައި ވާގޮތުން މިހަމަލާ ދީފައި ވަނީ ސީރިއާގެ ހުޅަނގު އުތުރުގައި އޮންނަ ހަމާ ޕްރޮވިންސްގައެވެ. މި ހަމަލާ ދީފައިވަނީ ސީރިއާގައި ހަރަކާތްތެރިވާ ދިވެއްސެއް ކަމަށްވާ އަބޫ ސަރަހް ނަމަކަށް ކިޔާ ހަނގުރާމަވެރިޔަކުކަމަށް ސީރިއާގެ ސިފައިންވަނީ ބުނެފައެވެ، އަދި ދިވެއްސަކު ބޮމެއް ގޮއްވާލައިގެން ހަމަލާ އެއް ދިނުމުގެ އިތުރުން އެޕްރޮވިންސްގެ އަވަށަކަށް ވަންނަން ހަނގުރާމަވެރިންތަކެއް މަސައްކަތްކޮށްފައިވާކަމަށްވެސް ސިފައިންވަނީ ބުނެފައެވެ.

ޓެގު