ރާއްޖޭގެ ހަތަރު ރަށެއްގެ މަގު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
4 މަސް ކުރިން
ޝާން މުޙައްމަދު

ރާއްޖޭގެ ހަތަރު ރަށެއްގެ މަގު ހަދައި ތާރު އަޅަން ޕްލޭނިން މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ އައިމިނަތު ޝާލާ ފާރޫގެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ އައިމިނަތު ޝާލާ ވިދާޅުވީ ހަތަރު ރަށުގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ އެކަން ކުރުމުގެ ގާބިލްކަން އެމްޓީސީސީގައި ހުރުމުން ކަމަށެވެ.

Advt

Advertisement

މަގު ހަދައި ތާރު އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ރަށްތަކާއި މަސައްކަތުގެ އަގު:
ހދ. ހަނިމާދޫ، 46 މިލިއަން ރުފިޔާ ރ. އުގޫފާރު، 19.3 މިލިއަން ރުފިޔާ ލ. ފޮނަދޫ، 25.5 މިލިއަން ރުފިޔާ ރ. ދުވާފަރު، 28.2 މިލިއަން ރުފިޔާ

މީގެ ކުރިން މި މަޝްރޫއުތަށް ކުރީގެ ސަރުކާރުގައި ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ އެވެ. ނަމަވެސް ޝާލާ ވިދާޅުވީ އަލުން އެ މަސައްކަތް އެމްޓީސީސީއާ އާ ޕްރެޖެކްޓެއް ގޮތުގައި ހަވާލުކުރީ ކަމަށެވެ.